"ދެއުޅިއެއް ނުވާ" ހަރަދު އިތުރުވާގޮތަށް ޖެހިޖެހިގެން އެއާޕޯޓު އަޅާތީ ނަޝީދުގެ ފާޑުކިޔުން

ގައުމީ އެއާލައިނަށް ވެސް ދެއުޅިއެއް ނުވާ ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމްގައި ކުރަންޖެހޭ މަންފާ ވެސް އޭގެ ސަބަބުން ނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި

ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ކައިރި ކައިރީގައި އެއާޕޯޓުތައް އެޅުމުން، "ދެއުޅިއެއް ނުވާ" ހަރަދުތައް އިތުރުވެގެންދާނެކަމަށް ވިދާޅުވެ، ސަރުކާރުން ށ. އަތޮޅުގެ ހަތަރު ރަށެއްގައި އެއާޕޯޓު އަޅަން ނިންމި ނިންމުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އުތުރުގައި މިހާރުވެސް ހަތަރު އެއާޕޯޓު އޮއްވައި، ބައިގަޑިއިރެއްހާ އިރުގެ ތެރޭގައި ލޯންޗުގައި ދެވޭހާ ކައިރީގައި އިތުރު އެއާޕޯޓުތައް އެޅުމަކީ އިގުތިސާދީ ގޮތުން ވެސް ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.

އޭގެ ސަބަބުން ހުރިހާ އެއާޕޯޓެއްގައި ވެސް އިގްތިސާދީ ނުވަތަ މާލީ ދެކޮޅު ޖެހުމެއް ނޯންނާނެ ކަމަށް، ނަޝީދު ވިދާޅުވި އެވެ.

އަދި ގައުމީ އެއާލައިނަށް ވެސް ދެއުޅިއެއް ނުވާ ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމްގައި ކުރަންޖެހޭ މަންފާ ވެސް އޭގެ ސަބަބުން ނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ލޯންޗުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށް ފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނާނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެެއްގެ އަމާޒާއި ޕްލާނެއް ނެތުމާއި ޒިންމާދާރުކަން ކުޑަކަން ކަމަށެވެ.

މި ހަފްތާގައި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އަތޮޅު ބިލެތްފައްސާއި ކޮމަންޑޫ އަދި މިލަންދޫގައި ތަރައްގީކުރާ އެއާޕޯޓުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.