ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެން ގެއްލުނު ދެ މީހުން ހޯދަމުން ދަނިކޮށް ވަނީ އެކެއްގެ ހަނށިގަނޑު ފެނިފަ އެވެ. އެއީ ބިދޭސީއެކެވެ. މިހާރު ނުފެނި ވަނީ ވެސް ބިދޭސީ މީހެކެވެ.

ރޭ ދަންވަރު ބަންޑުން ޖަހައިލި ކޮޅުވެއްޓި --

ރޭ ދަންވަރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ގެއްލުނު ތިން މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައި އޮއްވައި ފެނެއްޖެ އެވެ.

ރޭ ދަންވަރު 3:48 ހާއިރު އަލިފުށި ރިސޯޓާއި އެއްމޭލު ބޭރުން ބަންޑުން ޖަހާލާފައި ވަނީ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ. އޭގައި ހަތް މީހުން ދަތުރުކުރިއިރު، ސަލާމަތް ކުރެވުނީ ހަތަރު މީހުންނެވެ.

އަނެއް ތިން މީހުން ހޯދަމުން ދަނިކޮށް ހެނދުނު 8:04 ހާއިރު ވަނީ ގއ. ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން 38، ގެ ހަށިގަނޑު ހޯދައިފަ އެވެ. ދެން ގެއްލުނު ދެ މީހުން ހޯދަމުން ދަނިކޮށް މިއަދު 15:45 ހާއިރު ކަނޑު އަޑިން ވަނީ އެކެއްގެ ހަށިގަނޑު ފެނިފަ އެވެ. އެއީ ބިދޭސީއެކެވެ. މިހާރު ނުފެނި ވަނީ ވެސް ބިދޭސީ މީހެކެވެ.

ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން ތިބީ އެ އުޅަނދުގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެރޭގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައި ވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ ކޮޅުވެއްޓިއަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެއް ކަމަށެވެ. މިހާރު ނުފެންނަ މީހާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.