މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް އަޑިއަށް ހިނގައްޖެ

ފުލުހުން ބުނީ ބޯޓުގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓް ގާޑުން ވަނީ ސަލާމަތް ކޮށްފައިވާ ކަމަށެވެ. ބޯޓުން ދަތުރުކޮށްފައި ވަނީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ. އެ މީހުން މިހާރު ވަނީ ނައިފަރަށް ގެންގޮސްފަ އެވެ.

އަޑިއަށް ދިޔަ ނަސްރު ބޯޓު --

މުދާ ބަރުކޮށްގެން، ފަސް މީހުންނާއެކު މާލެ އިން ފުރައިގެން ދަތުރު ކުރަމުންދިޔަ ބޯޓެއް އަޑިއަށް ހިނގައްޖެ އެވެ.

އަޑިއަށް ދިޔަ "ނަސްރު ބޯޓު" ދަތުރުކުރަމުން ދިޔައީ ޅ. ނައިފަރަށެވެ. އެ ބޯޓު ދިޔަވާން ފެށީ މެންދުރު 13:22 ހާއިރު އެވެ.

ފުލުހުން ބުނީ ބޯޓުގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓް ގާޑުން ވަނީ ސަލާމަތް ކޮށްފައިވާ ކަމަށެވެ. ބޯޓުން ދަތުރުކޮށްފައި ވަނީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ. އެ މީހުން މިހާރު ވަނީ ނައިފަރަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށް ކަމަށެވެ.

"ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް ދަންނަވަން،" ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަން ފާހަގަކުރަމުން ފުލުހުން ބުންޏެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވެ، މޫސުމާބެހޭ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން ދަތުރު ކުރުމަށް ފުލުހުން ވަނީ ހަނދާން ކޮށްދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.