މެޓުން ބުނެފައި ވަނީ މާދަމާ މުޅި ރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހޮނިހިރު ދުވަހު މެދު ރާއްޖެތެރެއާއި ދެކުނަށް ގަދަވަޔާ އެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި އުތުރަށް ވައި ގަދަވާނެ ކަމަށެވެ.
މި ހަފްތާ ބަންދު ވަރަށް ވިއްސާރަ ވާނެ ކަމަށާއި އަންނަ ހަފްތާ ވެސް ގަދަ ވާނެ ކަމަށް މެޓު އޮފީހުން ބުނެފި އެވެ.
މެޓުން ބުނެފައި ވަނީ މާދަމާ މުޅި ރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހޮނިހިރު ދުވަހު މެދު ރާއްޖެތެރެއާއި ދެކުނަށް ގަދަވަޔާ އެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި އުތުރަށް ވައި ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ އަންނަ ހަފްތާ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. ހަފްތާ ފެށޭއިރު ބައެއް ހިސާބުތަކަށް ކުޑަކޮށް މަޑުވިޔަސް، ވިލާގަނޑު މުޅިން ސާފު ނުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިދިޔަ ހަފްތާއިން ފެށިގެން ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގޭގެއަށް ގެއްލުންވެފައިވެ އެވެ.
މެޓުން މިއަދު ވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިރެއާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކަނޑު ވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.