ދެތިން ހަފުތާތެރޭ އަމިއްލަ ފަރާތްތަކުގެ ހުރިހާ ބިލެއް ދައްކާ ހަލާސްކުރާނެ

ރައީސް ވަނީ މިދިޔަ 30 ދުވަސް ތެރޭ ދައްކަން ހުރި ބިލްތައް ފިޔަވައި ހުރިހާ ބިލްތަކެއް ދައްކާ ހަލާސް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ފުނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ކުރިއަށް އޮތް ދެ ހަފުތާތެރޭ އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދައްކަން ޖެހޭ ހުރިހާ ބިލްތަކެއް ދައްކާ ހަލާސް ކުރެވޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިިފި އެވެ. 

ށ. ފުނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާތެރޭ އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކުރެވޭނެ ކަމަށާ، މި ފައިސާ ތެރޭގައި ކުރީ ސަރުކާޜު ނިމުނުއިރު ނުދައްކާހުރި އެތައް ބިލިއަން ރުފިޔާއެއްގެ އިތުރުން މި ސަރުކާރުގައި ހުރި ބިލްތައްވެސް ހިމެނެ އެވެ. 

"މިދިޔަ 30 ދުވަސް ތެރޭގައި އައި ބިލްތައް ފިޔަވައި ޑިއުޕްރޮސެސް ތެރެއިން އައިސްފައިވާ ހުރިހާ ބިލަކަށް ފައިސާ ދައްކާ ނިމޭނެ،" ރައީސް ވިދާޅުވި އެވެ. 

އަންދާޒާ ކުރެވޭ ގޮތުގައި ސަރުކާރުން އާއްމު ފަރާތްތަކަށް ދައްކަން ޖެހޭ ބިލްތަކުގެ ޖުމްލަ އަދަދު ހަތަރު ބިލިއަން ރުފިޔާއާ ގާތް ކުރާނެ އެވެ. މީގެ ބޮޑު ބަޔަކީ މިދިޔަ ސަރުކާރުން ފެނަކައިން އެކި މަޝްރޫއުތައް ހިންގައި ނުދައްކާ ހުރި ފައިސާ އެވެ. 

ރައީސް އިތުރަށް ވިދާޅުވީ އަންނަ އަހަރު ރާއްޖޭން ދައްކަން ޖެހޭ ބޮޑުދަރަނި ދެއްކުމުގައި ސަރުކާރަށް މިވަގުތު އެއްވެސް ހާސްކަމެއް ނެތް ކަމަށާ، ކަންކަން އިންތިޒާމު ކޮށްފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުން ވެފައިވާ ހުރިހާ ވައުދެއްވުމާއެކު އިގްތިސޯދު ކޮޅަށް ޖެހުމުގެ ކަންކަން ވެސް ކުރިއަށްދާނެ އެވެ. 

ސަރުކާރުން ދަނީ އަންނަ އަހަރު މި ސުކޫކުގެ މުއްދަތު ހަމަވުމުން، 500 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހެ އެވެ. މި ބޮޑު އަދަދު ދެއްކުމަށްޓަކައި ސަރުކާރުން މިހާރު ވެސް ދަނީ ފައިސާ ހޯދުމުގެ ރިފައިނޭންސިންގެ މަސައްކަތްތަކުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ދަރަނި އޮތް ޗައިނާ އާއި އިންޑިއާއިން ދަރަނީގެ ލުއިތައް ހޯދަން މަސައްކަތް ކުރަމުންނެވެ. މިގޮތުން ޗައިނާ އިން ވަނީ ރަސްމީކޮށް ލުއިތައް ދޭން ނިންމިކަން އިއުލާނު ވެސް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.