މި މަޝްރޫއުގެ ދަށުން މިލަންދޫ 50 ހައުސިން ޔުނިޓު ތަރައްޤީކުރުރާނެ އެވެ. އަދި މި މަަސައްކަތް 280 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާއިރު، މި މަޝްރޫއުގެ ދަށުން ށ. މިލަންދޫގައި 3 ކޮޓަރި އެޕާޓްމަންޓް ތަކެއް ތަތައްގީ ކުރާނެ އެވެ.
ށ. މިލަންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ސަރުކާރުން ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ އެކު މިއެއްބަސްވުމެއްގައި ސޮއިކުރެއްވީ އެޗްޑީސީގެ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހެއިރެވެ. ައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ.
މި މަޝްރޫއުގެ ދަށުން މިލަންދޫ 50 ހައުސިން ޔުނިޓު ތަރައްޤީކުރުރާނެ އެވެ. އަދި މި މަަސައްކަތް 280 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާއިރު، މި މަޝްރޫއުގެ ދަށުން ށ. މިލަންދޫގައި 3 ކޮޓަރި އެޕާޓްމަންޓް ތަކެއް ތަތައްގީ ކުރާނެ އެވެ. މިތަނުގައި ޖުމްލަ 50 ހައުސިންގ ޔުނިޓު ހުންނާނެ އެވެ.
އެޗްޑީސީއަކީ ރާއްޖޭގެ ހައުސިން ބާޒާރުގައި މިވަގުތު އޮތް އެންމެ ކުޅަދާނަ އެއް ކުންފުންޏެވެ. އެ ކުންފުނިން ދަނީ މާލެ ސަރަހައްދުގެ ލައްކައަކަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ދީ އެކަން މެނޭޖު ކުރަމުންނެވެ.