72 ކިލޯގެ ޑްރަގް: ކޯޓަށް 300 ރުފިޔާ ނުދައްކައިގެން މައްސަލަ ބޭރު

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގަ އެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައި ވަނީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 300 ރުފިޔާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުދައްކާ އޮތުމުންނެވެ.

ރާއްޖެއަށް 72 ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ އިރުފާން ތަގިއްޔު --

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ، އެކޯޓުން ބޭރުކޮށްލައިފި އެވެ.

"މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން މާލެއަށް އެތެރެ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައި ވަނިކޮށް ފުލުހުން ހޯދާފައިވެ އެވެ.

މި ތަކެތި ރާއްޖެ އެތެރެ ކުރުމުގައި އެންމެ އިސްކޮށް ހުރީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. މި މައްސަލައިގައި ދައުލަތުން 10 މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް ހަތް މީހެއްގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ޝަރީއަތް ހިންގާފައި ވަނީ އިރުފާންގެ އިތުރުން ދ. މާއެނބޫދޫ، އަނބުގަސްދޮށުގެ، އަހުމަދު ނަސީރާއި، ގ. ގާޑްންބިޔުޓީ، މުހައްމަދު އަކްރަމްގެ މައްޗަށެވެ.

މި މައްސަލައިގައި އަހުމަދު ނަސީރަށް އޮތް ތުހުމަތު ކުރަނީ މަސްތުވާތަކެތި މަސް ދޯނިން ބޭލުމަށް ފަހު، މާލެއަށް ގެނައި ކަމަށް ބުނާ ލޯންޗު ދުއްވި ކަމެވެ. އަދި، އަކްރަމަކީ މަސްތުވާތަކެތި ފެނުނު ކާރުގެ ވެރިފަރާތެވެ.

މި ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގަ އެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގަ އެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައި ވަނީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 300 ރުފިޔާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުދައްކާ އޮތުމުންނެވެ.

އެ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވީ ހައިކޯޓުގެ އެ ނިންމުމުގައި ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އަންގާފައިވާ ލިޔުން މިމަހުގެ ފަސްވަނަ ދުވަހު މެއިލްކުރި ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އީމެއިލް ލިބިފައި ނުވާ ކަމަށެވެ.

"އެފަދަ ލިޔުންތައް މިއޮފީހަށް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ކޮށްފައި ހުރިނަމަވެސް، އެ މައްސަަލައާ ގުޅޭ އީމެއިލް ލިބިފައި ނުވާކަން ފާހަގަވޭ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މި ނިންމުން މުރާޖައާ ކުރުމަށް ހުށަހަޅާނެ ކަމަށާއި، އަދި އެ ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖައާ ކުރަން ޖެހޭ ނިންމުމެއް ކަމަށް ދެކޭ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.