މިއަދު މިޖަހާ ތާރީހު | ދިވެހި ބިމުގެ ދެ އުފެއްދުމާއެކު، އަސާސީ ލިސްޓު ދިގުކޮށްލުން

އެ ދުވަހު އަސާސީ ބާވަތްތަކުގެ ގޮތުގައި ހުރީ ތިން ބާވަތުގެ ކާޑެވެ. ނަމަވެސް މިހާރު އެ ލިސްޓު 23 އަށް އިތުރުކޮށް މިއީ ދިވެހި ބިމުގެ ދެ އުފެއްދުމާއެކުގަ އެވެ.

އެސްޓީއޯ އެމްޑީ ޝިމާދު އަދި އިކޮނޮމިކް މިނިސްޓަރު ސައީދު މައުލޫމާތު ދެއްވަނީ -- އެސްޓީއޯ

އެ ޒަމާނަކީ ދިވެހިންގެ މާބޮޑު ޑިމާންޑު ތަކެއް އޮތް ޒަމާނެއް ނޫނެވެ. ކާނެ އެއްޗަކާއި އުނު އޮރިޔާން ނިވާވުމުން އެ ނިމުނީ އެވެ. ދިވެހިންގެ ބޭރު ފައިސާގެ ވަސީލަތަކީ ހިތްވަރު ގަދަ މަސްވެރިން ރިޔަލާއި ފަލީގައި ކަނޑަށް ނުކުމެ ބާނާ މަސްކޮޅެވެ. އެ ދުވަސް މާޒީވެ ދިއުމަށްފަހު އެންމެ ހާއްސަ ތާރީހެއް ޖެހީ މިހާރުގެ އެސްޓީއޯ އުފުމުގެ 22 އަހަރު ކުރިން އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ) ވުޖޫދުވުމާ ހަމައިންނެވެ. މި ތަނުގެ މައިގަނޑު ބޭނުމަކަށްވީ ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމެވެ. އޭޓީއޭގެ ދުވަސްވަރު 12، ޖޫން 1965 ގައި ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓް ސަރުކާރު އުފެއްދި އެވެ. މިތަނުގެ ޒިންމާއަކީ ސަރުކާރުގެ ކާޑުގެ ބާވަތްތަށް ރާއްޖެ އަށް އެތެރެ ކުރުމާއި ގުދަން ކުރުމާއި އެ ބެލެހެއްޓުމެވެ. އެ ދުވަހު ކާޑުގެ ގޮތުގައި ބެލީ ހަނޑޫ، ހަކުރު ފުށް ހިމެނޭ ތިން ބާވަތެވެ. އެކަމަކު މިއަދު މުޅިއަލަށް މި ޖަހާތާރީހަކީ މި އަސާސީ މުދަލުގެ ތިން ބާވަތުގެ ލިސްޓު ދިގުކޮށްލައި އިތުރު 23 ބާވަތެއް ހަމަކުރީގެ "ބޮޑު އިސްޓޯރު" ނުވަތަ "އޭޓީއޭ" އަދި މިހާރުގެ އެސްޓީއޯ އިން ދިވެހިންނަށް ފޯރުކޮށް ދޭން ފެށުމެވެ. 

"މިއަދު މިއީ ތާރީހީ ގޮތުން ހާއްސަ ދުވަހެއް.  މީގެ 60 އަހަރު ކުރިން އަސާސީ މުދާ ފޯރުކޮށްދޭން ފެށުމަށްފަހު، އެ ލިސްޓަށް އިތުރު ބާވްތަކެއް ހިމަނައި ދިވެހި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށް ދޭން ފެށުން،" އެސްޓީއޯ މައި އޮފީހުގައި މިއަދު އޮތް ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. 

އެ ދުވަހާއި މިއަދުގެ ތަފާތަކީ އެ ދުވަހު ދިވެހިންނަށް އަސާސީ މުދަލުގެ ގޮތުގައި ލިބެންހުރީ ބޭރު ކަރައަކުން އެތެރެކުރާ ބާވަތްތަކެވެ. ނަމަވެސް މިއަދު އެސްޓީއޯ "ބޮޑު އިސްޓޯރު" ސުޕަމާކެޓުންގެ މުދާ ހަރުތަކުގައި އެ ހުރި 23 ބާވަތުގެ ތެރޭގައި ދިވެހި ބިމުގައި އުފެއްދި ދިވެހި ދަނޑުވެރި ދެ ބާވަތެއް ހިމެނެ އެވެ. 

އެސްޓީއޯއިން އިމްޕޯޓްކޮށްފައިވާ ބައެއް އުފެއްދުންތައް -- އެސްޓީއޯ

އެސްޓީއޯ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވި ގޮތުގައި ޕެޝަން ފުރުޓާއި ޑްރެގަން ފްރުޓްއަކީ ދިވެހި އުފެއްދުމަށްވުމަކީ ފަހުރެކެވެ. 

"މި ދެ އުފެއްދުން ސިލެޓްކުރީ ރެގިއުލާކޮށް ރާއްޖޭން މި ލިބޭނެކަން ޔަގީންވުމުން. މިއީ ދިވެހިންގެ އުފެއްދުންތައް. އަޅުގަނޑުމެން ހަގީގަތުގައި ބޭނުންވަނީ ދިވެހި އުފެއްދުންތައް. އެހެންވެ މަސައްކަތް އެބަކުރަން ކަނޑޫދޫ މިރުސް ވެސް ލިބޭނެ ގޮތް ހަމަޖައްސަން،" ޝިމާދު ވިދާޅުވި އެވެ. 

ބާޒާރަށް ނެރޭ މޭވާގެ ލިސްޓް

ދޮންކެޔޮ 
އާފަލު 
އޮރެންޖު 
ލުނބޯ 
ޖުމްހޫރީމޭވާ 
އަނބު 
ފަޅޯ 
ކަރާ 
މިރުސް 
މޭބިސްކަދުރު 

އެސްޓީއޯއިން މިއަދު ވިއްކަން ފެށި ތަރުކާރީ އަދި މޭވާގެ އިތުރުން ހިމެނޭ އިތުރު ތިން ބާވަތަކީ ނދޫ މުގާއި
ކުކުޅު ބިސް އަދި ކާށްޓެވެ. 

ބާޒާރަށް ނެރުނު ތަރުކާރީގެ ލިސްޓް

  • ފިޔާ
  • އިނގުރު
  • ކެރެޓު
  • ލުނބޯ
  • ކައްޓަލަ
  • އަލުވި
  • ކެބެޖު
  • ބަރަބޯ
  • ބޯވެލި
  • ލޮނުމެދު
  • ބަށި

އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވި ގޮތުގައި ކުރިމަގުގައި މިބާވަތްތައް އެ ކުންފުނިން ގަނޑުކޮށް ވެސް ދޫކުރާނެ އެވެ. މިހާރު ވެސް އިނގުރު ފަދަ ބާވަތްތައް ހޯލްސޭލް ކުރަން ފަށާފައިވާކަން ފާހަގަ ކުރެއްވި އެވެ. 

"މިއީ ވަރަށް ޕެރިޝަބަލް ބާވަތްތަކެއް. އެެހެންވެ ލާނިންކާވްއެއްގައި ފުރަތަމަ ދާނީ. އަޅުގަނޑުމެން މިއުޅެނީ ވިޔަފާރިތަކާ ވާދަކުރާކަށްނޫން. ނަމަވެސް ރައްޔިތުންނަށް ލުއި އަގުތަކެއްގައި މިތަކެތި ފޯރުކޮށް ދިނުން ހަމައެކަނި މަގުސަދަކީ،" ޝިމާދު ވިދާޅުވި އެވެ. 

އެސްޓީއޯ އިން ދަނީ މި ބާވަތްތައް މުޅިރާއްޖެއަށް ފޯރުކޮށް ދިނުމުގެ އިތުރުން އެންމެ ބޮޑު އާބާދީ އޮންނަ ހުޅުމާލޭގައިވެސް ފިހާރައެއް ހުޅުވަން މަސައްކަތް ކުރަމުންނެވެ. މި ފިހާރަ ރޯދަމަހުގެ ކުރިން ހުޅުވަން އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ކުރިން އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ހުރި ތަނުގައި ހޯލްސޭލް ފިހާރައެއް ހެދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.