އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން އެޖެންޑާގައި އެބައޮތް، އެ ކަން ކުރާނަން: އޭޖީ

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އުޝާމް ވަނީ އެ ގާނޫނު، މި ސަރުކާރުން އިސްލާހުކުރާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާ. --ފޮޓޯ: އެމްޑީޕީ

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހަނިވާގޮތަށް އޮތް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭކަމެއް ކަމަށާއި، އެކަން ކުރާނެކަމުގެ ޔަގީންކަން ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ދެއްވައިފި އެވެ. 

ކުރިން ހުއްދަ ހޯދުމަކައިނުލާ ކޮންމެ މީހަކުމެ، ކޮންމެ ތަނަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިއްބައިދީފައިވިޔަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގު ވަނީ ހަނިކޮށްފަ އެވެ. 

މިގޮތުން، މާލޭގައި ކުރިން ހުއްދަ ހޯދުމަކާ ނުލައި، އެއްވެ އުޅުމުގެ ހައްގު ދީފައިވަނީ ވަކި ސަރަހައްދުތަކަށެވެ.

އޭގެފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ގާނޫނަށް އިސްލާހު ގެންނާނެކަމަށް ބުންޏަސް، އެ ސަރުކާރު ނިމުނުއިރު ވެސް އެކަން ކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭޖީ އުޝާމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އުޝާމް ވަނީ އެ ގާނޫނު، މި ސަރުކާރުން އިސްލާހުކުރާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. 

"މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގަ ހިމެނިފަ އޮތް ކަމެއް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ. އެހެންވީމަ އެ އިސްލާހު މަޖިލީހަށް ހުށަހަޅާނަން،" އުޝާމް ވިދާޅުވި އެވެ.

އްޖެ އަކީ ބިން ކުޑަ ގައުމެއް ކަމުން މުޒާހަރާތަކުގެ ސަބަބުން އާންމުންނަށް އުނދަގޫވާ ކަމަށް ބުނެ، އެއްވެ އުޅުން އިތުރަށް ހަނިކުރަން ފެނޭތޯ އެހެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަކީ އިމެއްނެތި، ހައްދެއްނެތި ލިބިދޭ އުސޫލުތަކެއް ނޫން ކަމަށާއި، އެ ބާރުތައް ހަނިކުރެވޭނެހެން ގާނޫނުތައް ހެދޭނެ ކަމަށް ގާނޫނުއަސާސީގައި ބުނަނީ އެހެންވެ ކަމަށެވެ.

"އެއްވެ އުޅުމުގެ ހައްގުތައް ބޭނުންކުރަންވާނީ ހަމަ އެހެން މީހުންގެ ހައްގުތަކަށް ވެސް ރިއާޔަތްކޮށްގެން. އިހުތިރާމް ކޮށްގެން،" ނަސީރަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.