ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މީރާއަށް ޑޮލަރުން ބަލައިގަތް އާމްދަނީގެ އަދަދަކީ 1.1 ބިލިއަން ޑޮލަރެވެ. ނަމަވެސް ކުރީ އަހަރު މި އަދަދު އުޅެނީ 804 މިލިއަން ޑޮލަރުގަ އެވެ.
މި އަހަރުގެ މިހާތަނަށް ދައުލަތަށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް މީރާއަށް ޑޮލަރުން ބަލައިގަތް އާމްދަނީގެ އަދަދަކީ 1.1 ބިލިއަން ޑޮލަރެވެ. ނަމަވެސް ކުރީ އަހަރު މި އަދަދު އުޅެނީ 804 މިލިއަން ޑޮލަރުގަ އެވެ.
މި އަހަރުގެ މިހާތަނަށް ޑޮލަރުން އެންމެ ބޮޑު އާމްދަނީއއެއް ލިބިފައިވަނީ 531 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު 469 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 851 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު އުޅެނީ 627 މިލިއަން ޑޮލަރުގަ އެވެ.