ސައީދު މިކަމާ ގުޅިގެން ވިދާޅުވެފައި ވަނީ އުރީދޫން އިސްވެ ތިބެ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އޭގެ ސަބަބުން ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ހިދުމަތް ތައާރަފް ކުރުމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސް އިން މިރޭ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޕޭޕަލް ކުންފުންޏާ ގުޅިގެން އަންނަ އަހަރު ރާއްޖެއަށް ޕޭޕަލް ތައާރަފްކުރަން ނިންމައި، ދެ ކުންފުނީގެ ދެމެދުގައި ޕާޓްނާޝިޕް ރަސްމީކޮށް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މިކަމަށް މަރުހަބާ ކިޔުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ އިން އެ ހިދުމަތް ތައާރަފް ކުރުމަށް ހަމަޖެހިގެން ދިއުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގުތިސޯދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި ލަނޑުދަޑި ހާސިލުވުން ކަމަށެވެ.
މިއީ ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭގަ ވަސީލަތްތައް ތައާރަފް ކުރުމާއި، ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތެ ތެރޭގައި ހިމެނޭކަމެއްކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިކަމާ ގުޅިގެން ވިދާޅުވެފައި ވަނީ އުރީދޫން އިސްވެ ތިބެ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފް ކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އޭގެ ސަބަބުން ދިވެހިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.