އެމްއޭސީއެލް އިން ބުނީ މި ބަދަލު ގެންނަނީ ޓާމިނަލް ހުޅުވުމުގެ ގޮތުން ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާޓާމިނަލް އާއި އެތަނާއި އިންވެގެންވާ އިމާރާތްތަކާއި އަދި އުސް ތަންތަން ނަގައި ޖެހޭތީ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު (އެޗްއައިއޭ) އާ ޓާމިނަލް އަންނަ މަހު ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން މި އެއާޕޯޓުގައި މިހާރު ޓާމިނަލްގެ އޮޕަރޭޝަންސްތައް މާދަމާ އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުވާނެ އެވެ.
ހަނިމާދޫ އެއާޕޯޓް ހިންގުމާ ހަވާލުވި އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިބަދަލު ގެންނަން ހަމަޖެހިފައިވަނީ، އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ އެވެ.
އެ ކުންފުނިން ބުނީ މިތަން ހުޅުވުމުގެ ގޮތުން ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާޓާމިނަލްއާއި އާއި އެތަނާއި އިންވެގެންވާ އިމާރާތްތަކާއި އަދި އުސް ތަންތަން ނަގައި ޖެހޭތީ އެވެ. މިކަމާއި ގުޅޭ އެންމެހާ މައުލޫމާތު މިމަހުގެ ނުވަ ވަނަ ދުވަހު ރަށު ކައުންސިލާއި ކަމާއި ބެހޭ އެހެނިހެން ވުޒާރާތަކާއި ހިއްސާކޮށްފައެވެ.
އެމްއޭސީއެލް އިން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، ޓާމިނަލްގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރި އާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭ ތޯ ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސް މިހާރު ވަނީ ފަށާފަ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭން 136 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރި ރަންވޭ ވަނީ ބޭނުން ކުރަން ފަށާފަ އެވެ.