އިންޑިއާ އާއި ލަންކާއަށް "އެތެރެވާ ކާޑު" މިހާރު އޮންލައިންކޮށް ފުރޭނެ

މި ބަދަލު އައިނަމަވެސް ސްރީލަންކާ އަދި އިންޑިއާއަށް ދާ ދިވެހިންނަށް ވިސާގެ ކަންތައްތަކުގައި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާއަށް ދާ ދިވެހިން ކުރިން އާއްމު އުސޫލުން ފުރަން ޖެހޭ އެރަވައިވަލް ކާޑު، ދުރާލާ އޮންލައިންކޮށް ފުރޭ ގޮތް ހަދައިފި އެވެ. 

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން މިމަހު 10 އަކުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު އެ ގައުމަށް އެތެރެވުމުގެ ކުރިން އީ-އެރައިވަލް ކާޑު އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ ގޮތަށް އިންޑިއާގެ އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައިވާ އެވެ. މިގޮތުން، އިންޑިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް ފުރުމުގެ ކުރިން (72 ގަޑިއިރުތެރޭގައި) ތިރީގައި މިވާ ލިންކް މެދުވެރިކޮށް މި ފޯމް ފުރިހަމަކުރަން ޖެހެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މީގެ ސަބަބުން، އިންޑިއާއިން ދިވެހިންނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. 

އެ މިނިސްޓްރީން ބުނީ ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ މިމަހު 15 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ސްރީލަންކާއަށް އެތެރެވުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އެއް ފުރަން ޖެހޭނެ ކަމަށެވެ. އަދި މީގެ ސަބަބުން، ސްރީލަންކާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާ ސްރީލަންކާއަށް ދަތުރުކުރައްވާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރެއްވުމުގެ ކުރިން ސްރީލަންކާގެ "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން ފޯމް ފުރުއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.