އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ނުވާ، ގްރޭޑް 10ގެ ތައުލީމް ނިންމާފައިވާ ކުދިންނަށް އެކަންޏެވެ.

އެމްޕީއެލް ބަނދަރުގައި ކުރާ މަސައްކަތްތަކުގެ މައުލޫމާތު ސްކޫލް ކުދިންނަށް ދެނީ -- އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި މި އަހަރު ހަ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 10 ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މި ފަހަރު ހިމެނޭ ދާއިރާތަކަކީ؛

  • 1.މާކެޓިން އެންޑް ޕީއާރް
  • 2.އެޑްމިން
  • 3.ފައިނޭންސް
  • 4.ޕްރޮކިއުމަންޓް
  • 5.އިންފޮމޭޝަން ޓެކްނޮލޮޖީ
  • 6.އިންޖިނިއަރިން

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ނުވާ، ގްރޭޑް 10ގެ ތައުލީމް ނިންމާފައިވާ ކުދިންނަށް އެކަންޏެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 25 ވާ ބުދަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިން ފޯމު ހުށަހެޅުމާއެކު، އައިޑީ ކާޑުގެ ކޮޕީ، ވަނަވަރު (ސީވީ)، ސްކޫލް ލީވިން ސެޓްފިކެޓް އަދި ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ ތައުލީމް ފުރިހަމަކޮށްފައިވާ ކުދިންނަށް، ވަޒީފާގެ މާހައުލުގެ އަމަލީ ތަޖުރިބާ އާއި ތަމްރީނު ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރަމެކެވެ. މިހާތަނަށް 30އަށްވުރެ ގިނަ ކުދިން ވަނީ މި ޕްރޮގްރާމް ވަނީ ފުރިހަމަކޮށްފަ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް "މެންޓާ"ގެ ގޮތުގައި މި ކުންފުނީގެ ތަޖުރިބާކާރު މުވައްޒަފުން އެޓޭޗްކުރެވޭނެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، ހުނަރުތައް ދަސްކޮށްދިނުމުގައި މި މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.