އަންނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކޭނެކަމާމެދު ރައީސްގެ ކަންބޮޑުވުމެއް ނެތް

ރޭވުންތެރިކަމާއެކު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބު ވަމުން ދާކަމަށާއި، 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ހަލާސްކުރެއްވުމުގައިވެސް ކަންބޮޑުވުމެއް ނެތްކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އަންނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކޭނެކަމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ބިލެތްފައްސަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަމަށާއި، އެގޮތަށް ކުރިއަށް ދިޔުމުގައި އެއްވެސް ކަންބޮޑުވުމެއް ސަރުކާރަށް ނެތްކަމަށެވެ.

މިގޮތުން، ރޭވުންތެރިކަމާއެކު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބު ވަމުން ދާކަމަށާއި، 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ހަލާސްކުރެއްވުމުގައިވެސް ކަންބޮޑުވުމެއް ނެތްކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

"އަންނަ އަހަރު ދައްކަން އޮތް ސުކޫކް ޕޭމަންޓު ދެއްކުމުގައި ވެސް އަޅުގަނޑުމެން މި ބަރާބަރަށް ކުރަމުންދާ މަސައްކަތް ފުރިހަމަކަމާ އެކު ކާމިޔާބު ވަމުން ދަނީ. ފުރިހަމަ ކަމާ އެކު ކާމިޔާބު ވާނެ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް އަންނަ އަހަރުގެ ސުކޫކް ޕޭމަންޓް ކަންތަކަށް،" ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށް ފުރިހަމަ ތަރައްގީ ހާސިލުކޮށްދެއްވުމަށް ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މާލީ ރިޒާވްގެ ޓްރެޖެކްޓަރީވެސް ހުރީ ރަނގަޅު މިސްރާބަކަށް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، ސަރުކާރުން ކުރުވި މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާ ހަލާސްކުރެއްވުމަށް ކަނޑައެޅުއްވި މުއްދަތުގެ ތެރޭގައި އެކަންވެސް ފުރިހަމަ ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.