އެލައިޑް ތަކާފުލް ނަގަން ބޭނުންވާ ފަރާތްތަކަށް ވަގުތުން މި ޕްލޭން އޮންލައިންކޮށް ފަސޭހައިން އަދި އެއްވެސް ލިޔެކިއުމެއް ހުށަހެޅުމެއް ނެތި ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިހާރު ކޮންމެ ހިދުމަތެއްވެސް އަވަސްކޮށް މަދު ވަގުތު ކޮޅެއްގެ ތެރޭ ލިބެން ޖެހެ އެވެ. ފަސޭހައިން ހިދުމަތް ލިބުން ލާޒިމްވެ އެވެ. ކުދި ގިނަ ވިޔަފާރިތަކުން ވެސް މިހާރު ހިޔާރުކުރަނީ އެ މަގެވެ. އެހެންވެ އެލައިޑް އިންޝުއަރެންސް ކުންފުނީގެ، އެލައިޑް ތަކާފުލް އިން މިވަނީ ފަޔާ ތަކާފުލް އޮންލައިންކޮށް ފަސޭހައިން ނެގޭނެ އިންތިޒާމެއް ހަމަޖައްސާފަ އެވެ.
ފަޔާތަކާފުލްއަކީ އިސްލާމީ ޝަރީއާ އެއްގޮތްވާ ގޮތުގެ މަތިން މައިއެލައިޑް ޕޯޓަލް އިން ނެގޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭންއަކަށް ބަދަލު ކުރުން ވެގެން މިދަނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ތަކަށް ލިބުނު ހިތްހަމަ ޖެހުމަށަށެވެ.
އެލައިޑް ތަކާފުލް އިން ބުނީ މި ތައާރަފު ކުރެވުނު ހިދުމަތާއެކު އެލައިޑް ތަކާފުލް ނަގަން ބޭނުންވާ ފަރާތްތަކަށް ވަގުތުން މި ޕްލޭން އޮންލައިންކޮށް ފަސޭހައިން އަދި އެއްވެސް ލިޔެކިއުމެއް ހުށަހެޅުމެއް ނެތި ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފަޔާ ތަކަފުލް އިން އަލިފާނުގެ ހާދިސާއަށް ލިބޭ ގެއްލުންތަކާއި ގުދުރަތީ ކާރިސާތަކުން މުދަލަށް ލިބޭ ގެއްލުންތަކުގެ އިތުރުން މިނޫންވެސް އިތުރު ސަބަބުތަކާހުރެ ލިބިދާނެ މާލީ ގެއްލުމުން ރައްކާތެރިކަން ފޯރުކޮށްދެ އެވެ. މިފަދަ ނުރައްކާތަކުގެ ތެރޭގައި ހަަމަނުޖެހުންތަކާއި މުޒާހަރާތަކުން މުދަލަށް ލިބޭ ގެއްލުން ފެންޓޭންކް ނުވަތަ ފެންހޮޅި ފަޅައިގެން ދިއުން ނުވަތަ ވައްކަމުގެ ހާދިސާތަކުން ލިބޭ ގެއްލުން ހިމެނެ އެވެ،" އެލައިޑް ތަކާފުލް އިން ބުނެފައިވެ އެވެ.
އެލައިޑް ތަކާފުލް އިން ބުނީ މި ޕްލޭން ފަރުމާކޮށްފައިވަނީ އެ ވިޔަފާރިއަކަށް ހާއްސަކޮށް ކަސްޓަމައިޒް ކުރެވޭ ގޮތަށް ކަމަށާއި، އެލައިޑް ތަކާފުލްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިތަކަށް ލިބޭ މާލީ ގެއްލުމުން ރައްކާތެރިކަން ފޯރުކޮށް ދިނުމާއި ކުރިއަށްވުރެ ފަސޭހަކަމާއެކު އަވަހަށް އަތްފޯރާ ފަށުގައި މި ހިދުމަތް ފޯރުކޮށް ދިނުމެވެ.