"އެއްވެސް މަޑުޖެހުމެއްނެތި ދެ އަހަރާ ބައިން ބިލެތްފަހި އެއާޕޯޓް ނިންމާނަން"

"މި މަސައްކަތް ދެން އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތް، ބާރު ސްޕީޑްގަ ދާނެ މަސައްކަތެއް މީ، އެ ޔަގީންކަން މި އަރުވަނީ އިރާދަކުރެއްވީތީ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް މިކަމުގަ އޮވެގެން،" ރައީސް ވިދާޅުވި އެވެ.

ށ. ބިލެތްފަހި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް މިއަދު ބޭއްވި ރަސްމިއްޔާތު --

އެއްވެސް މަޑުޖެހުމެއް ނެތި މިއަދުން ފެށިގެން ދެ އަހަރާ ބައިން ށ. ބިލެތްފަހީގެ އެއާޕޯޓްގެ މަސައްކަތް ނިންމައި، އޮޕަރޭޝަނަށް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބިލެތްފަހީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްއޭސީއެލްއާ އެވެ. އެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވަނީ ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބިލެތްފެއްސަށް ވަޑައިގެންނެވުމުންނެވެ. އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަނީ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބިން ހިއްކަން ފަށައިފަ އެވެ.

މިރޭ ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއަކީ އެމްއޭސީއެލް އިން ފަންޑުކޮށްގެން ހިންގާ ސީދާ އެ ކުންފުނީ މަޝްރޫއެއް ކަމަށެވެ. އެއާޕޯޓް އަޅައި އޮޕަރޭޓް ވެސް ކުރާނީ އެ ކުންފުނިން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން އަމަލީ ގޮތުން ފެށި އެއާޕޯޓް ގާއިމްކުރުމުގެ މަސައްކަތަކީ އެއްވެސް މަޑުޖެހުމެއް ނެތި ވަރަށް ފުރިހަމަކަމާއެކީ ކުރިއަށް ގެންގޮސް ނިންމައިދޭނެ މަޝްރޫއެއްކަން، އެ ޔަގީންކަން މިރަށުގެ ލޮބިވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ބިލެތްފަހީގައި މިރޭ ވާހަކަ ދައްކަވަނީ --

އެއާޕޯޓަށް ބޭނުންވާ 36 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، މިއަދުން ފެށިގެން ގިނަވެގެން އަށް މަސް ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، އެއާޕޯޓް ތަރައްގީ ކުރުމުގެ މުޅި މަޝްރޫއު 30 މަސްދުވަސް ނުވަތަ ދެ އަހަރާ ބައިން ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި މަސައްކަތް ދެން އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތް، ބާރު ސްޕީޑްގަ ދާނެ މަސައްކަތެއް މީ، އެ ޔަގީންކަން މި އަރުވަނީ އިރާދަކުރެއްވީތީ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް މިކަމުގަ އޮވެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުގެ ދަށުން 1500 މީޓަރުގެ ރަންވޭއެއް ގާއިމް ކުރުމުގެ އިތުރުން އެހެނިހެން ފުރިހަމަ ވަސީލަތްތައް ގާއިމު ކުރާނެ ކަމަށެވެ. އަދި މިތަން އަޅައި ނިމުމުން ރަށުގެ އިތުރުން މުޅި ސަރަހައްދަށް ވެސް އިގުތިސޯދީ ގޮތުން ފައިދާ ކުރާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.