މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ

ރާއްޖެއަކީ 'ޓްރިޕްލް އެލިމިނޭޝަން' ހާސިލުކުރި ފުރަތަމަ ގައުމުގެ ގޮތުގައި އިއުލާނު ކޮށްފައި ވަނީ މައިންގެ ފަރާތުން ދަރިންނަށް ހެޕަޓައިޓިސް-ބީ ފެތުރުން ނައްތާލައިފައިވާތީ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް --

މައިންގެ ފަރާތުން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެޗްއައިވީ އާއި ސިފިލިސް މައިންގެ ފަރާތުން ތުއްތު ދަރިންނަށް ފެތުރުން ހުއްޓުވާފައިވާކަން 2019 ވަނަ އަހަރުގެ ފެށިގެން ބަލައިގެންފަ އެވެ. 

ރާއްޖެއަކީ 'ޓްރިޕްލް އެލިމިނޭޝަން' ހާސިލުކުރި ފުރަތަމަ ގައުމުގެ ގޮތުގައި އިއުލާނު ކޮށްފައި ވަނީ މައިންގެ ފަރާތުން ދަރިންނަށް ހެޕަޓައިޓިސް-ބީ ފެތުރުން ނައްތާލައިފައިވާތީ އެވެ. ރާއްޖޭން ހެޕަޓައިޓިސް-ބީ ނައްތާލާފައިވާކަން ޑަބްލިއުއެޗްއޯ އިން ބަލައިގެންފައި ވަނީ މިދިޔަ އަހަރު އެވެ.

މި ތާރީހީ ކާމިޔާބީއަށް މަރުހަބާ ކިޔަމުން ސިއްހަތު ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި، މައިންނާއި ތުއްތު ކުދިންގެ ސިއްހީ ހާލަތު ރަގަޅު ކުރުމަށް ރާއްޖޭން އިންޓަގްރޭޓެޑް އަދި ކޮމްޕްރެހެންސިވް އެޕްރޯޗެއް ބިނާކޮށްފައިވާ ކަމަށެވެ.

ރާއްޖޭން ހޯދި ކާމިޔާބީއަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ފާހަގަކޮށްފަ އެވެ.

މި ކާމިޔާބީއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.