މީޑިޔާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ ތިން މެމްބަރުކަމަށް 10 ބޭފުޅަކު

ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަންގައި ދެން ތިއްބަވާނީ މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

މީޑިއާތައް ރެގިއުލޭޓު ކުރުމުގެ އާ ގާނޫނުގެ ދަށުން އުފައްދާ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ ތިން މެމްބަރުންގެ މަގާމުތަކަށް، 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއްވައި، ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރިޔާސަތުން ވަނީ ފޮނުއްވައިފަ އެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް އާންމުކޮށް ހުޅުވައިލުމުން ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރޭގައު، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސާއި ދެ މެމްބަރުންގެ އިތުރުން، އާ ގާނޫނާ އެކު އުވުނު މޯލްޑިވްސް މީޑިއާ ކަައުންސިލްގެ ކުރީގެ ނައިބު ރައީސާއި މެމްބަރަކާއި ސެކްރެޓަރީ ޖެނެރަލް ކަން ކުރެއްވި ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ ތިން މެމްބަރުކަމަށް ކުރިތިލެއްވި ބޭފުޅުން

  • ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ (އެމްއެމްސީގެ ކުރީގެ މެމްބަރު)
  • މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް (މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު)
  • ޝަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ (ބްރޯޑްކޮމްގެ ކުރީގެ ރައީސް)
  • އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)
  • އިބްރާހިމް މުހައްމަދު، ގ. ވިންޑް (އެމްއެމްސީގެ ކުރީގެ ނައިބު ރައީސް)
  • މޫސާ ރިލްވާން، މ. ހާވިލާ، (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)
  • ފާރިސް ތޯހާ، ހ. ސޯސަން (އެޗްއާރުސީއެމަށް ނަން ފޮނުވައި، މަޖިލީހުން ރުހުން ނުލިބުނު ބޭފުޅެއް)
  • ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
  • މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
  • ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް

ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަންގައި ދެން ތިއްބަވާނީ މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރުންނެވެ. 

މިގޮތުން، އިންތިހާބުކުރަންޖެހޭ އަދަދަށް މެމްބަރުކަމަށް ކުރިމަތިލާފައިވާތީ، މީޑިއާތައް ތަމްސީލުކުރާ ހަތަރު މެމްބަރުން ވަނީ އިންތިހާބަކާ ނުލާ އެ ކޮމިޝަނަށް ހޮވިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.