އޯއައިސީ ގައުމުތަކުގެ މަރުކަޒީ ބޭންކްތަކުގެ ބޮޑު ބައްދަލުވުމެއްގައި ރާއްޖެ

އިސްލާމީ ގައުމުތަކުގެ މަރުކަޒީ ބޭންކްތަކުގެ ވެރިންގެ މި ބައްދަލުވުމުގައި ރާއްޖޭގެ މަރުކަޒީ ބޭންކު ތަމްސީލް ކުރެއްވީ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ.

އޯއައިސީ-ސީއޯއެމްސީއީސީ ސެންޓްރަލް ބޭންކް ފޯރަމްގައި ގަވަރުނަރު ވާހަކަ ދައްކަވަނީ -- އެމްއެމްއޭ

އިސްލާމީ ގައުމުތައް ހިމެނޭ އޮގައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އިޤްތިޞާދީ އަދި ވިޔަފާރީގެ އެއްބާރުލުމާ ބެހޭ ދާއިމީ ކޮމިޓީ ސީއޯއެމްސީއީގެ ދަށުން ހިންގާ އޯއައިސީ-ސީއޯއެމްސީއީސީ ސެންޓްރަލް ބޭންކް ފޯރަމްގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ. 

އިސްލާމީ ގައުމުތަކުގެ މަރުކަޒީ ބޭންކްތަކުގެ ވެރިންގެ މި ބައްދަލުވުމުގައި ރާއްޖޭގެ މަރުކަޒީ ބޭންކު ތަމްސީލް ކުރެއްވީ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. 

އެމްއެމްއޭއިން ބުނީ މި ފޯރަމްއަކީ އޯއައިސީ-2025 ޕްރޮގްރާމްގެ ދަށުން މާލީ ހަމަޖެހުމާއި ފައިސާ ދެއްކުމުގެ ނިޒާމުތަކާއި ބޯޑަރު ހުރަސްކޮށް މުއާމަލާތްތަކާއި ކުރިއަށް އޮތްތަނުގައި އެއްބާރުލުން ދިނުމުގެ ދާއިރާއިން މަރުކަޒީ ބޭންކުގެ ގަވަރުނަރުންނާއި އޯއައިސީގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުންނަށް އަގުހުރި ޕްލެޓްފޯމެއް ކަމަށެވެ. 

މި ފޯރަމްގެ ހަވާސާގައި ގަވަރުނަރު މުނައްވަރު ވަނީ ތުރުކީގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފާތިހު ކަރަހާންއާ ވެސް ބައްދަލު ކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެ މަރުކަޒީ ބޭންކުގެ އެއްބާރުލުމާއި މުއައްސަސާތަކުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. 

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މެމްބަރު ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި މަނިޓަރީ ބޭންކިންގ އަދި ފައިނޭންސް ދާއިރާގެ ތަޖުރިބާ ހިއްސާ ކުރުމާއި ދުނިޔޭގެ އަދި ސަރަޙައްދީ އިގްތިސޯދީ މާލީ އަދި ފައިނޭންސީ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.