މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ ކުރީ އަހަރު އައި 1.5 މިލިއަން މީހުންނާ އަޅާ ކިޔާނަމަ 10 ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖެ އަށް ރަޝިއާއިން އައި ޓޫރިސްޓުންގެ އަދަދު ދެ ލައްކައަށްވުރެ މައްޗަށް ޖެހިލާފައިވާއިރު، ޖުމްލަ ޓޫރިސްޓުންގެ އަދަދު 1.7 މިލިއަނުން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ ކުރީ އަހަރު އައި 1.5 މިލިއަން މީހުންނާ އަޅާ ކިޔާނަމަ 10 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަދަދަށް ޓޫރިސްޓުން އައިސްފައިވާއިރު، އެންމެ ގިނައިން ޓޫރިސްޓުން އަންނަ ރަޝިއާއިން 208,329 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. އަދި ޗައިނާއިން 279,690 މީހުން ޒިޔާރަތް ކުރިކަމަށް ދައްކަ އެވެ.
މިމަހު ޓޫރިސްޓުން އައި އަދަދަށް ބަލާއިރު 65,296 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ ކުރީ މަހު އައި 54,292 ޓޫރިސްޓުންނާ އަޅާ ކިޔާނަމަ 20 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.