ހިތަ ނަކަތުގެ ވިއްސާރަ | ވަރަށް ކަނޑު ގަދަ

އިއްޔެ ވެސް ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފަ އެވެ. މިއަދު ވެސް ވިއްސާރަކުރުން އެކަށީގެންވެ އެވެ. އެހެންވެ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

މޫސުން ގޯސް ދުވަހު ލޯންޗެއް ދުއްވާފައި ދަނީ --

ހިތަ ނަކަތަކީ އޭގެ ޒާތުގައި ވިއްސާރަ ނަކަތެއް ނޫނެވެ. މިއީ ހުޅަނގު މޫސުމުގެ ސާދަވަނަ ނަކަތެވެ. މި ނަކަތުގައި ދޭތެރެ ދޭތެރެއިން ވިއްސާރަ ވެހި ކޮޅިގަނޑުގައި ގަދަވެ އެވެ. މިހާރު އެ ފެންނަނީ މި މޫސުގެ އެ ޒާތެވެ. މޫސުން މިވަގުތު މުޅިރާއްޖެއަށް ގޯސްކޮށް އޮތްއިރު، ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި އަތޮޅުތަކަށް މޫސުމާ ބެހޭ އޮފީހުން ވަނީ ހުދު ސަމާލުވެސް ނެރެފަ އެވެ. 

މޫސުމާ ބެހޭ އޮފީހުން މިއަދު ނެރުނު ހުދު ސަމާލުގައި، ސަމާލުކަން ދޭން އެދިފައިވަނީ މާލެ އަތޮޅުން ފެށިގެން އެންމެ ދެކުނުގެ އަތޮޅުތަކަށެވެ. އެއީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްދަ އެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ އެވެ.

ހުޅަނގު މޫސުގެ ބާރުގަވެ އަދި ވިއްސާރަ ކުރާ ހިތަ ނަކަތް ދެމިގެންދާނީ އޮކްޓޫބަރު އިން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިއްޔެ ވެސް ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފަ އެވެ. މިއަދު ވެސް ވިއްސާރަކުރުން އެކަށީގެންވެ އެވެ. އެހެންވެ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. 

ހިތަ ނަކަތުގެ ސިފަތައް - މި ނަކަތުގައި ދޭތެރެދޭތެރެއިން  ވިއްސާރަ ކުރާނެ އެވެ. ނަމަވެސް ކަނޑުތައް ޢާންމުގޮތެއްގައި މަޑުވާނެ އެވެ. މި ނަކަތުގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން އެވްރެޖު ގޮތެއްގައި ހުންނާނީ 22.2 ކިލޯމީޓަރު އެވެ. ވާރޭ ވެހޭ ނިސްބަތް އެވްރެޖުކޮށް ހުންނާނީ 4.10 އިންޗީގަ އެވެ. މި ނަކަަތަކީ މަސްވެރިކަން ރަނގަޅުވާ ނަކަތެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.