ގާނޫނު އިސްލާހުކޮށްގެން ސޯޝަލް ހައުސިން ފްލެޓު ކުއްޔަށް ނުދެވޭ ގޮތް ހަދަނީ

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ދޫކުރާ ފްލެޓްތަކަކީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން ކުއްޔަށް ނުވަތަ ހިލޭ ވެސް އެހެން ބަޔަކަށް ދެވޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށް.

ހިޔާ ފްލެޓްތަކުގެ ޓަވަރުތައް : ފްލެޓު ކުއްޔަށް ދިނުން ވަނީ ބޮޑުވެފަ -- އެޗްޑީސީ

ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ހައުސިން ޔުނިޓު ލިބޭ ފަރާތްތަކުން އެތަނުގައި ދިރިނޫޅެ، ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލަ ކަމާގުޅޭ ގާނޫނުތައް އިސްލާހުކޮށްގެންވިޔަސް ހުއްޓުވާނެކަމުގެ އިންޒާރު ހައުސިން މިނިސްޓަރު ޑރ. އަބދުﷲ މުއްތަލިބު ދެއްވައިފި އެވެ. 

މިދިޔަ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރި 4،000 ފްލެޓުތައް ހަވާލުކޮށް ނުނިމިގެން އުޅެނިކޮށް، އޭގެ ބައެއް ފްލެޓުތައް 25،000ރ.އަށް ކުއްޔަށް ދޭން އިޝްތިހާރުކޮށްފައިވާ މައްސަލަ ހޫނުވެފައިވަނިކޮށް، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފްލެޓް ކުއްޔަށް ދޭ މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

މިއީ ވަރަށް ސީރިއަސް މައްސަލައެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ދޫކުރާ ފްލެޓްތަކަކީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން ކުއްޔަށް ނުވަތަ ހިލޭ ވެސް އެހެން ބަޔަކަށް ދިނުމަކީ ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

"އެހެންވީމަ އެ އުސޫލުން ބަލާފައި އަޅުގަނޑުމެންނަށް އެއަށް ފިޔަވަޅު އެޅޭނެ ކަމަށް ގަބޫލު ކުރަނީ. އެކަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހެންޏާ އެ ބަދަލެއް ގެނެސްގެން ވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރުމަށް މަސައްކަތް ކުރާނީ،" މުއްތަލިބު ވިދާޅުވި އެވެ.

މި ފްލެޓުތައް ތިންވަނަ ފަރާތަކަށް ކުއްޔަށް ނުދެވޭ ގޮތަށް، އެފްޑީސީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާގެ މަތިން ހަނދާކޮށްދެއްވައި، އެކަން ނުކުރުމަށް އޭނާ މިއަދުވެސް އިލްތިމާސް ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.