ސޯޝަލް ހައުސިން ފްލެޓުތައް ކުއްޔަށް ދޫކުރި ފަރާތްތައް ހޯދަނީ

އެޗްޑީސީ އިން ބުނި ގޮތުގައި މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެކެވެ.

ވިނަރެސް ޓަވަރުގައި ހުޅުވާފައިވާ އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީސް

އެޗްޑީސީ އިން ތަރައްގީކޮށް ބަލަހައްޓަމުންގެންދާ ސޯޝަލް ހައުސިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރޭން ކުއްޔަށް ފްލެޓު ދޫކޮށްފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ސޯޝަލް ހައުސިން ފްލެޓް ލިބުމުން ކުއްޔަށް ދޭ މައްސަލަ ފެންމަތިވުމާ ގުޅިގެން އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަންނެތް ފަރާތްތަކަށް ކަމަށާ، އަތް ފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ އެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެކެވެ.

އެ ކުންފުނިން ބުނީ އެހެންކަމުން، ސޯޝަލް ހައުސިން ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ މި ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށެވެ.

"އެއްބަސްވުމާ ހިލާފަށް އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަން އަންގައި އިއުލާނުކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ. 

ސޯޝަލް ހައުސިން ފްލެޓް ކުއްޔަށް ދޭ މައްސަލާގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބުވެސް އިއްޔެ ވަނީ ވާހަކަ ދައްކަވާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަދައިން އަމަލު ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.