މެޗު ފެށުނީއްސުރެން ފެށިގެން ދިޔައީ އިސްރޭލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ފީފާއިން މަނާކޮށްފައިވީނަމަވެސް ތަފާތު ޝުއޫރުތައް ދަމާފައިވާ ބެނާތައް ދަނޑުގެ އެކި ހިސާބުތަކުން ފެންނަމުން ދިޔަ އެވެ.
އަންނަ ވޯލްޑް ކަޕަށް ކޮލިފައިވާން އިސްރާއިލް އާއި ނޯވޭއިން މިއަދު ކުޅުނު މެޗުގައި ނޯވޭއިން އިސްރާއިލް ކޮޅަށް ފަސް ލަނޑު ޖަހައި ލަދުގަންނަވާ ލައިފި އެވެ.
މެޗު ފެށުނީއްސުރެން ފެށިގެން ދިޔައީ އިސްރާއިލް ދެކޮޅަށް އަޑު އުފުލަމުންނެވެ. ފީފާއިން މަނާކޮށްފައިވީނަމަވެސް ތަފާތު ޝުއޫރުތައް ދަމާފައިވާ ބެނާތައް ދަނޑުގެ އެކި ހިސާބުތަކުން ފެންނަމުން ދިޔަ އެވެ.
ސަލާމަތީ ގޮތުން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއެކު ކުރިއަށް ދިޔަ މި މެޗުގައި އާލިން ހާލަންޑް ވަނީ ތިން ލަނޑު ހެޓްރިކެއް ހަދާފަ އެވެ. މީގެ އިތުން އަނާން ޚަލައިލީ އާއި އިދާން ނަޚްމިއާސް ވެސް ގޯލެއް ޖަހާފައިވެ އެވެ.
މި މެޗު ބޭއްވުނު މާހައުލަކީ ފަލަސްތީނުގެ މައްސަލައާ ގުޅިގެން ނޯވޭގައި އިސްރޭލުގެ އަޅުވެތިކަމާއި އަނިޔާވެރި ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކުރި މާހައުލެކެވެ. މެޗު ކުޅެމުން ދިޔަވަގުތު ވެސް ދަނޑު ބޭރުގައި ގިނަ އަދަދެއްގެ މީހުން ވަނީ އިސްރޭލާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އަދި މެޗު ފަށަންވުމުގެ ކުރިން ދަނޑުގެ ތެރޭގައި ވެސް ފަލަސްތީނުގެ ދިދައެއް ވަނީ ނަގާފަ އެވެ.