އެ ފެންގަނޑަށް ބަޔަކު ވިހައެއް އެޅި ކަމުގެ ތުހުމަތު ދަނީ ކުރެވެމުންނެވެ.
އައްޑޫ ހުޅުދޫގައި އޮންނަ ޑަކް ޕާކުގައި ދޫނިތަކާއި މަސްތައް މަރުވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހެދި އެ ޕާކުގައި އުޅޭ ދޫނިތަކާއި އެތަނުގައި އޮންނަ ފެންގަނޑުގައި އުޅޭ މަސްތައް މަރުވެފައިވާކަން ފާހަގަކުރެވިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެއާ އެކު، އެ ފެންގަނޑަށް ބަޔަކު ވިހައެއް އެޅި ކަމުގެ ތުހުމަތު ދަނީ ކުރެވެމުންނެވެ.
ފުލުހުން މިއަދު ބުނީ، ހުޅުދޫ ޑަކް ޕާކުގައި އުޅޭ އަސްދޫނިތަކާއި ދިރުންތައް މަރުވާ މައްސަލަ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ. އެހެންކަމުން މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ.