ކުއްޔަށް ދީފައިވާ ސޯޝަލް ހައުސިން ފްލެޓްތައް އަތުލުމުގެ މަސައްކަތް ފަށަނީ

މިނިސްޓަރު ވިދާޅުވީ މިފަދަ އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލް ކުރާނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކެއް -- ފައިލް ފޮޓޯއެއް

އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރޭން އެއްބަސްވުން ހަދައިގެން ދޫކޮށްފައިވާ ތަންތަން ދޫކުރި ފަރާތްތައް ނޫން އެހެން ފަރާތްތަކެއް އުޅެމުންދާނަމަ އެފަދަ ފްލެޓްތައް އަތުލުމުގެ މަަސައްކަތް ފަށަން ސަރުކާރުން ނިންމައިފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އަމާންއުދަރެސް 4،000 ފްލެޓުތަކަށް ވަތް ބައެއް ބައެއް މީހުން ފްލެޓުތައް ކުއްޔަށް ދޫކުރަމުން ގެންދާ މައްސަލާގައި ކޮންސްޓަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވީ ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށެވެ. 

އެހެންކަމުން އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ އެއްބަސްވުންތަކާ ހިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާތިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން، ސޯޝަލް ހައުސިނގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މި މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.