މި އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެއަށް ގެނައުމުގެ އެ ކުންފުނިން ކުރާއިރު 10 ވަނަ ދުވަހު ވަނީ 56،450 މެޓްރިކް ޓަނުގެ ބޮޑުހިލާ ރާއްޖެ ގެނެސްފަ އެވެ.
ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަށް ބޭނުންވާ ބޮޑު ހިލައިގެ ބަލަކް ޝިޕްމަންްޓްތައް އެއްފަހަރާ ގެނެސް އެމްޓީސީސީ އިން ރާއްޖެއަށް ޖަމާ ކުރަން ފަށައިފި އެވެ.
މިއީ ކީއްވެ ކުރާ ކަމެއް ؟ މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތުން ބައްދަލު ކުރައްވާ ކަންކަން
ސާފުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގައ، ރައްޔިތުން އެދިލައްވަމުން ގެންދަވާ އެރައްރަށުގެ ޢުމުރާނީ ތަރައްޤީގެ
މަޝްރޫއުތައް ނުހުއްޓި ބާރަށް ކުރިއަށް ގެންދިއުމަށްޓަކައ،ި އެމްޓީސީސީ އަށް ހަވާލުކޮށްފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ނުހުއްޓި ގެނެސްވޭނެ ގޮތް ހަދަން ގެންނަ ބަދަލެވެ. މިކަން ފެށުމުގެ ގޮތުން އެމްޓީސީސީ އިން ވަނީ ބޮޑު ހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓު އިއްޔެ ރާއްޖެ ގެނެސްފަ އެވެ.
އެމްޓީސީސީ އިން އިއްޔެ ވަނީ 56،450 މެޓްރިކް ޓަނުގެ ބޮޑު ހިލަ ރާއްޖެ ގެނެސްފަ އެވެ، އެގޮތުނ،ް މި ޝިޕްމަންޓުން ގެނެވިފައިވާ ބޮޑު ހިލަ އެންމެ ފުރަތަމަ ފޯރުކޮށްދެވިފައި މިވަނީ ބ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށެވެ.
އެ ކުންފުނިން ބުނީ މި އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ.
"ބޮޑު ހިލައިގެ އަދަދަކީ އެމްޓީސީސީއަށް ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖުމުލަ އަދަދެވެ. އަދ،ި މި ޝިޕްމަންޓްތައް ގެނެވި މިކުންފުންޏާއި ހަވާލުކުރެވިފައިވާ ގިނަގުނަ މަޝްރޫއުތައް ނިމިގެންދިޔުމާއެކު ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކަކާއެކު ޢާންމު ދިރިއުޅުމަށް އެކަށީގެންވާ ހެޔޮ ބަދަލު ތަކެއް ލިބިގެންދާނެ،" އެމްޓީސީސީން ބުނެފައިވެ އެވެ.
ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް
ހިންގައި ކާމިޔާބުކަމާއެކު ނިންމައިފަ އެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު
މަރުޙަލާއެއްގަ އެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި
އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.