ޝީޒާ ކަރަންޓު ބިލް ކުޑަކޮށް ބިލް ވަނީ ސޯޝަލް މީޑިއާއަށް ލާދަ އެވެ. އޭނާ އެޅީ މައިގަނޑު އެންމެ ބޮޑު ފިޔަވަޅަކީ އެ ފިޔަވަޅަކީ އޭސީ ރަނގަޅު ކުރުމާއި އޭސީގެ ފިނި 24 ގައި ބެހެއްޓުމެވެ.
ކަރަންޓު ބިލް މަތިވުމަކީ ގިނަ ބައެއްގެ ޝަކުވާ އެކެވެ. މި ޝަކުވާއާއެކު އެންމެން ޕްރެޝަރަށް ވައްޓާލަނީ ރޯދަ މަހު އެވެ. ރޯދަ މަސް އައުމާއެކު ބިލްތައް އުފުލެން ފެށުމުން ތަފާތު ވާހަކަތައް މީހުން ދައްކަ އެވެ. އެއް ބަޔަކު ބުނަނީ ސަރުކާރު ކަރަންޓު ކުންފުނިން ގަސްތުގަ ބިލް ބޮޑު ކުރަނީ އެވެ. ކަރަންޓު ކުންފުނިން އެ ތުހުމަތު އަބަދުވެސް ދޮގު ކުރެ އެވެ. އެމީހުންގެ ވާހަކައަކީ ކަރަންޓު ބިލަށް ބަދަލު ގެނައުމުގެ ބާރު އޮންނަނީ ހަމައެކަނި ބޭނުންކުރާ މީހާގެ އަތްމަތީގަ އެވެ. އެކަމުގެ ހެއްކަނީ އަމިއްލަ ފަރުދެއް ފަރުދީ ޒިންމާގެ ދަށުން މިކަންކޮށް އަމަލީ ގޮތުން ދެއްކުމުންނެވެ.
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ޝީޒާ މުހައްމަދުގެ މި ޕޯސްޓުގައި އެވަނީ އޭނާގެ 2،000ރ. ގެ ކަރަންޓު ބިލް 400ރ. އަށް ކުޑަކުރަން އެޅި ފިޔަވަޅުތައް ކިޔައިދީފަ އެވެ. އޭނާ އަޅާފައިވަނީ ވަރަށް އާދިިގެ ފިޔަވަޅުތަކެވެ. އޭނާގެ 2،000ރ. ގެ ބިލް އަންނަ އެޕާޓަމަންޓުގެ ކަރަންޓު ބިލް 400ރ. އަށް ކުޑަކުރަން ކުރީ ކީއް ހެއްޔެވެ؟ ޝީޒާ ކަރަންޓު ބިލް ދަށްކުރަން އެޅީ ފަސް ފިޔަވަޅަކެވެ. ފުރަތަމަ ފިޔަވަޅަކީ ރަނގަޅު އެއާކޮންޑިޝަނެއް ހޯދުމެވެ. ރަނގަޅު އެއާކޮންޑިޝަނެއް ހޯދާނީ ކިހިނެއް ހެއްތެވެ؟
ޝީޒާ އެންމެ ފުރަތަމަ ބެލީ ކަރަންޓު ބިލުގެ 60 ޕަސެންޓް އަސަރުކުރާ އޭސީ ރަނގަޅު ކުރާށެވެ. އޭސީ ރަނގަޅު ކުރަން ހޯދީ ރަނގަޅު އޭސީއެކެވެ. ރަނގަޅު އޭސީއެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟
ބާޒާރުގައި އެކި ބްރޭންޑްތަކުގެ އެކި ނަންނަމުގެ އޭސީތައް ހުރިއިރު، އޭނާ ގެނެސް ގޭގައި އެޅުވީ ތިމާވެށީގެ މިނިސްޓްރީން ޔަގީންކަން ދީފައިވާ "ކަރަތަރި" ޖެހި އޭސީ އެވެ. ކަރަތަރިއަކީ ކޮން އެއްޗެއް ހެއްޔެވެ؟ ކަރަތަރި އޭސީއެއް ލިބޭނީ ކިހިނެއް ހެެއްޔެވެ؟
ހަކަތަރި އުފެއްދުންތައް - ހަކަތަރި އުފެއްދުންތަކަކީ ތިމާވެށި ހިމާޔަތް ކުރަން ތައްޔާރު ކޮށްފައިވާ އުފެއްދުންތަކެއްކަން އަންގައިދޭ ލޭބަލް އެކެވެ. ހަކަތަރި ޕްރޮގްރާމަކީ ހަކަތަ ހަރަދުކުޑަ އާލާތްތައް ބޭނުންކުރުން އިތުރުކުރުމަށް ތިމާވެށީގެ ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމްގެ ދަށުން، އުފެއްދުންތަކުގައި ފަސް ތަރީގެ ރޭޓިން ސިސްޓަމެއް ބޭނުންކުރެވެ އެވެ. މިއީ އާންމުންނަށް އެންމެ އެކަށީގެންވާ އުފެއްދުންތައް ހޮވުމަށާއި ކަރަންޓު ބިލު ކުޑަކުރުމަށް އެހީތެރިވެދޭ ނިޒާމެކެވެ. އަދި މީގެ ސަބަބުން ދެމެހެއްޓެނިވި މުސްތަގުބަލަކަށް މަގު ފަހިވެގެންދާނެ އެވެ. މިނިސްޓްރީން ފަށާފައިވާ ހަކަތަރި ޕްރޮގްރާމަކީ އާލާތްތަކާއި އިކުއިޕްމަންޓްތަކުގެ ހަކަތައިގެ ހަރުދަނާކަން ދައްކުވައިދޭ ލޭބަލިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ހަކަތަ ހަރަދުކުޑަ އާލާތްތަކާއި އިކުއިޕްމަންޓްތައް ބޭނުންކުރުން އިތުރުކުރުމެވެ.
ހަކަތަރި ޕްރޮގްރާމުން ކަސްޓަމަރުންނަށް އާލާތްތައް ގަންނައިރު އޭގެ ހަކަތަ ސަލާމަތްކުރުމުގެ ފުރުޞަތު ފަސޭހައިން އަދި ސާފުކޮށް އެނގޭނެއެވެ. މިކަން ހާސިލުކުރެވެނީ އާލާތްތަކުގައި ހަރުކުރެވޭ ހަކަތަރި ލޭބަލްގައިވާ ފަސް ތަރީގެ ރޭޓިންގ ނިޒާމުގެ ޒަރީއާއިންނެވެ. ލޭބަލްގައި ތަރިތައް ގިނަވުމަކީ އެ އާލާތެއްގެ ހަކަތައިގެ ހަރުދަނާކަމާއި ހަކަތަ ސަލާމަތްކުރެވޭ މިންވަރު މަތިވުމެވެ.
މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހަކަތަ ހަރުދަނާ އާލާތްތައް ގަތުމަށް ހިތްވަރުދިނުމާއި، ކަސްޓަމަރުންނަށް ރަނގަޅު ގޮތްތައް ހިޔާރުކޮށް ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށް އެހީތެރިވުން ހިމެނެއެވެ. އަދި އިމްޕޯޓަރުންނާއި މެނުފެކްޗަރަރުން ރާއްޖޭގެ މާކެޓަށް ހަކަތަ ހަރުދަނާ ޓެކްނޮލޮޖީތަކާއި އުފެއްދުންތައް ގެނައުމަށް ހިތްވަރުދީ، މާކެޓް ޓްރާންސްފޯމޭޝަނެއް ގެނައުމަކީވެސް މި ޕްރޮގްރާމުގެ މަޤްސްދެކެވެ. މީގެ އިތުރުން ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރު މަދުކޮށް، ދެމެހެއްޓެނިވި މުސްތަޤުބަލަކާ ދިމާއަށް ކުރިއެރުން ހޯދުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު މަގްސަދެކެވެ.
ހަކަތަރި އުފެއްދުންތައް ލިބިފައިވާ މަޝްހޫރު ބްރޭންޑްތައް ވިއްކާ އެއް ތަނަކީ އެސްޓީއޯ އެވެ. އެސްޓީއޯ އޭސީތަކުގައި މި ލޭބަލް އިންނާނެ އެވެ. މީގެ އިތުރުންވެސް އެހެން ބައެއް ފިހާރަތަކުން ވިއްކާ އޭސީތަކުގައި ހަކަތަރި ލޭބަލް ހިމެނެ އެވެ.