ހަންގޭރީގެ ޓްރެވަލް އެޖެންޓުންގެ ބައްދަލުވުމެއްގައި ރާއްޖެ އިސްތިހާރުކޮށްފިި

މި ނެޓްވޯކިން އިވެންޓުގެ ތެރެއިން 52 ޓެރެވެލް އޭޖެންޓުނާ ގުޅުން ބަދަހިކުރެވުނެވެ. މި އިވެންޓުގައި ވިޒިޓް މޯލްޑިވްސްގެ ބެނާގެ ދަށުން ރާއްޖޭގެ ފަސް ކުންފުންޏަކުން ބައިވެރިވި އެވެ.

ހަންގޭރީގައި އޮތް ބައްދަލުވުމުގައި ރާއްޖޭގެ މައުލޫމާތު ދެނީ -- ވިޒިޓް މޯލްޑިވްސް

ހަންގޭރީގައި ބޭއްވި ޓްރެވަލް އެޖެންޓުންގެ ބޮޑު ބައްދަލުވުމެއް ކަމަށްވާ "1000 ޔޫޓީ" ނެޓްވޯކިން އިވެންޓުގައި ރާއްޖެ އިޝްތިހާރުކޮށްފި އެވެ.

ވިޒޓް މޯލްޑިވްސް އިން ބުނީ ހަންގޭރީގެ ލީޑިން ޓުއާ އޮޕަރޭޓަރުންނާ އެކު ބޭއްވި 1000 ޔޫޓީ ނެޓްވޯކިން އިވެންޓުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ރާއްޖެ ޕްރޮމޯޓުކުރުމުގެ ކާމިޔާބު ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އިވެންޓުގައި ހަންގޭރީގެ ޓްރެވެލް އޭޖެންޓުންނާ އެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ރާއްޖެއަކީ ފަތުރުވެރިންނަށް ތަފާތު ފުރުސަތުތައް ހުރި، ލަގްޒަރީ މަންޒިލެއްގެ ގޮތުގައި އިސްތިހާރު ކޮށްފަ އެވެ.


ހަންގޭރީ އަކީ ދެކުނު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ. މި އިވެންޓުގައި ބައިވެރިވުމުގެ ބޭނުމަކީ ހަންގޭރީގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންގެ މެދުގައި "ޓޮޕް-އޮފް-މައިންޑް" މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ.

މި ނެޓްވޯކިން އިވެންޓުގެ ތެރެއިން 52 ޓެރެވެލް އޭޖެންޓުނާ ގުޅުން ބަދަހިކޮށްފައިވެ އެވެ. މި އިވެންޓުގައި ވިޒިޓް މޯލްޑިވްސްގެ ބެނާގެ ދަށުން ރާއްޖޭގެ ފަސް ކުންފުންޏަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި އެކްސައިޓިން މޯލްޑިވްސް، ސްޕްލެންޑިޑް އޭޝިއާ، އަޔާދާ މޯލްޑިވްސް އަދި ރިޔު އެޓޯލް އެންޑް ރިޔު ޕެލަސް މޯލްޑިވްސް, ފްލައި ދުބާއީ އަދި ޓާކިޝް އެއާލައިންސްގެ އިތުރުން ކޮކޫން މޯލްޑިވްސް އިން ބައިވެރިވި އެވެ.

މިއީ ދެކުނު ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސް އިން ކުރިއަށް ގެންދާ "އައި އޭމް މޯލްޑިވްސް ސީއީއީ"ރޯޑްޝޯގެ ހަރަކާތެކެވެ. މިއީ ޓްރެވަލް އޭޖެންޓުންނާއި ދާއިރާގެ މައި ހިއްސާދާރުންނާ ރާއްޖެ ގުޅުވައި، ރާއްޖެއަކީ ހަމައެކަނި ގުދުރަތީ ރީތި މަންޒިލެއްގެ އިތުރުން ފަތުރުވެރިންނަށް ތަފާތު ފުރުސަތތައް ހުރި ގައުމެއުމެއްކަން އަންގައިދިނުމަށް ކުރާ މަސައްކަތުގެ ވެސް ބައެކެވެ. ވިޒިޓް މޯލްޑިވްސް އިން ރާއްޖެ އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅުކޮށް، ރާއްޖޭގެ މަގުބޫލުކަން ފަތުރުވެރިންގެ މެދުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.