ހިތަ ނަކަތުގެ ހަތް ވަނަ ދުވަސް | ބާއިން ޅަވިޔަންޏަށް ހުދު ސަމާލު

މެޓުން ބުނީ މިއަދު ހެނދުނު 8:30 އިން 13:30 އާ ދެމެދު ވާރޭ ވެހުމާއި ގުގުރި ޖަހައި އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ އެވެ.

ވިއްސާަރަ ދުވަހެއް : މި ދުވަސްވަރު މޫސުން ގޯސް -- މިރާ ފޮޓޯ

ހުޅަނދު މޫސުމުގެ ފަހުކޮޅުގެ ދުވަސްތަކަށް ގޮސްފައިވާއިރު މިއަދަކީ ހިތަ ނަކަތުން ހަތްވަނަ ދުވަހެވެ. ހިތަ ނަކަތުގެ ޒާތުގެ ގޮތުން މޫސުން ގޯސްކޮށް އޮތްއިރު ބ، އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ. 

މެޓް އޮފީހުން ބުނެފައިވާ ގޮތުން މިއަދު ހެނދުނު 8:30 އިން 13:30 އާ ދެމެދު ވާރޭ ވެހުމާއި ގުގުރި ޖެހުން އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ އެވެ. 

ހިތަ ނަކަތުގެ ސިފަތައް

  • މުއްދަތު އޮކްޓޯބަރު 17-4 އަށް
  • ހުޅަނގު މޫސުމުގެ ފަހުކޮޅު
  • ވައި މަޑުވެ، ރަނގަޅު ދުވަސްވަރު
  • އާންމުކޮށް ކަނޑު ހަމަޖެހިފައި ހުންނަ ދުވަސްވަރު

ރާއްޖޭގެ މޫސުމަކީ ވަރަށް ސާފު ދެ މޫސުމެއްގެ މައްޗަށް ބިނާވެފައިވާ މޫސުމެކެވެ. ދިވެހިންގެ ނަކަތްތެރިކަން ބިނާވެފައިވަނީ ވެސް މި ދެ މޫސުމުގެ މައްޗަށެވެ. އިރުވައި މޫސުން (ޑިސެމްބަރުން އެޕްރީލް) ގެ ނިޔަލަށެވެ. މިއީ ރާއްޖެއަށް އެންމެ ރަނގަޅު ސީޒަން ނުވަތަ ޕީކް ޓޫރިޒަމް ސީޒަން އެވެ. ހުޅަނގު މޫސުން އޮންނަނީ (މެއި ނޮވެމްބަރު) ގެ ނިޔަލަށެވެ. މިއީ ރާއްޖޭ ޓޫރިޒަމްމައި ސީޒަނަށް ވަނަން ހިސާބެވެ. މިދުވަސްވަރު ވާރޭ ވެހުން ގިނަ ނަމަވެސް، ދޭތެރެދޭތެރެއިން ވައިގަދަ ނަމަވެސް އަވި ގަދަ ދުވަސްތައް އަންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.