މިއީ މިފްކޯގެ ތާރީހުގައިވެސް އަދި ރާއްޖޭގެ ތާރީހުގައިވެސް މަސް ކުންފުނީގެ ބޯޑުގައި ދިވެހި މަސްވެރިން ތަމްސީލް ކުރާ ފަރާތެއް ހިމެނި ފުރަތަމަ ފަހަރެވެ. އައްޔަން ކުރީ ގދ.ތިނަދޫ، ރީޝަމް މުޙައްމަދު ޝަރީފް އެެވެ.
ސަރުކާރު މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ފުރަތަމަ ފަހަރަށް މަސްވެރިން ތަމްސީލްކުރާ މަސްވެރިއަކު ހިމަނައިފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ މިފްކޯީގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީވެ، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ގދ.ތިނަދޫ، ރިހިވެލި އަލްފާޟިލް ރީޝަމް މުޙައްމަދު ޝަރީފް ވަނީ އައްޔަނުކޮށްފައެވެ.
މިއީ މިފްކޯގެ ތާރީހުގައިވެސް އަދި ރާއްޖޭގެ ތާރީހުގައިވެސް މަސް ކުންފުނީގެ ބޯޑުގައި ދިވެހި މަސްވެރިން ތަމްސީލް ކުރާ ފަރާތެއް ހިމެނި ފުރަތަމަ ފަހަރެވެ.