ޑްރަގާއެކު ހުޅުމާލެއިން ޒުވާނުންތަކެއް ހައްޔަރު ކޮށްފި

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 28.61 ގްރާމެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ހަތަރު ޒުވާނުން --

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހުޅުމާލެ އިން ހަތަރު ޒުވާނުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ ހަތްވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައިި ހައްޔަރުކޮށްފައި ވަނީ ނ. އަތޮޅަށް ނިސްބަތްވާ ހަތަރު ޒުވާނުންނެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކޮށްފައި ވަނީ ނ. ވެލިދޫ، ރެޑިޔަމްވިލާ، އަހުމަދު މައިޝާން ނަސީމް 20، އާއި އެރަށު ޑޭޒީމާގެ، ހަސަން ނާއިމް 26، އާއި އެރަށު ޖަވާހިރުމާގެ، މުހައްމަދު ހަލަފް އިބްރާހީމް 18، ގެ އިތުރުން ނ. ކުޑަފަރި، ލިލީގެ، އިބްރާހީމް ރިޔާޝް 18، އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 28.61 ގްރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.