ޖެނެރޭޓަރުތަކަށް މައްސަލަޖެހިގެން އައްޑޫން އަނެއްކާ ވެސް ކަރަންޓު ކަނޑަނީ

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ފެނަކައިން ވަނީ ބުނެފަ އެވެ.

ފެނަކަ އައްޑޫ ބްރާންޗުގެ އިންޖީނުގޭގައި މުވައްޒަފުން މަސައްކަތް ކުރަނީ --

ޖެނެރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފި އެވެ.

މިިދިޔަ ދެތިން ހަފްތާއިން ފެށިގެން ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭނެ ކަމަށް އައްޑޫ ފެނަކަ ބްރާންޗުގެ ވައިބާ ގުރޫޕުގައި ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން އިންޖީނުތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވުމުގެ ސަބަބުން ލޯޑު ބޮޑުވާ ވަގުތުތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް އެ ގުރޫޕުގައި ލިޔެފައިވެ އެވެ. 

ގެ ކުރިން ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު ފޯރުކޮށްދޭ ޖެނެރޭޓަރުތަކަށް މައްސަލަ ދިމާވެގެން ކަރަންޓު ކަނޑާފައިވެ އެވެ. އެގޮތުން މިދިޔަ ރޯދަ މަހު ވެސް އެ ސިޓީގެ ރަށްތަކުން އެކި ވަގުތުތަކުގައި ވަނީ ކަރަންޓު ކަނޑާފަ އެވެ.

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން ފެނަކައިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.