އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭން ސީ ޓު އެއާގެ ގޮތުގައި ބޭރުކުރި މުދަލުގެ ނިސްބަތް އުޅެނީ 433 މެޓްރިކް ޓަނަށްވުރެ މަތީގަ އެވެ. މިއީ ޓީއީޔޫއެސް ނުވަތަ 20 ފޫޓުގެ 111 ކޮންޓެއިނަރުގެ މުދަލެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ އިސް ނެގުމަކަށް ފެށި ކަނޑުމަގުން އަންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވައި ދިނުން ނުވަތަ ސީ ޓު އެއާ ވިޔަފާރި ދުނިޔޭގެ 20 ގައުމަކަށް ފުޅާކޮށްފި އެވެ.
އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭން ސީ ޓު އެއާގެ ގޮތުގައި ބޭރުކުރި މުދަލުގެ ނިސްބަތް އުޅެނީ 433 މެޓްރިކް ޓަނަށްވުރެ މަތީގަ އެވެ. މިއީ ޓީއީޔޫއެސް ނުވަތަ 20 ފޫޓުގެ 111 ކޮންޓެއިނަރުގެ މުދަލެވެ.
ހިސާބުތައް ދައްކާ ގޮތުން މާލެ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓެއިނަރުގެ މުދާ ވައިގެ މަގުން ގެންދަން އެއާކާގޯ އުފުލާ ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ދަނީ އަންނަމުންނެވެ. މިގޮތުން މިހާރު ނުވަ އެއާލައިންއަކުން ދަނީ ރާއްޖެ އަށް ދަތުރު ކުރަމުންނެވެ. މި އެއާލައިންތަކުން މުދާ ހިފައިގެން 20 ގައުމަކަށް އުދުހެ އެވެ. މި މުދާ ގެންދާ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ޔޫއޭއީފަދަ ގައުމުތައް ހިމެނެ އެވެ.