މިނިސްޓްރީގެ މަގާމުތަކުގައި ތިބޭ މީހުނަށް އުމްރާ ކުންފުނި ނުހިންގޭ ގޮތް ހަދަނީ

"[އެހެންކަމުން] ވުޒާރާގެ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭގޮތައް ހެދުމަށް މިދަނީ މަޝްވަރާކުރަމުން،" މިނިސްޓްރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓްރީގެ އެކި މަގާމުތަކުގައި ތިބޭ މީހުންނަށް އުމްރާ ކުންފުނިތައް ނުހިންގޭ ގޮތް ހެދުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މީހުން އުމްރާއަށް ގެންދާ ކުންފުނިތައް ގެންގުޅޭ މީހުންގެ ތެރޭގައި މިނިސްޓްރީގެ އެކި މަގާމުތަކުގައި ތިބި މީހުން ހިމެނެ އެވެ.

މިނިސްޓަރު ޝަހީމް ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަކީ ރާއްޖޭގެ އިމްރާ ކުންފުނިތައް ރެގިއުލޭޓް ކުރާ ވުޒާރާ ކަމަށެވެ. 

"[އެހެންކަމުން] ވުޒާރާގެ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭގޮތައް ހެދުމަށް މިދަނީ މަޝްވަރާކުރަމުން،" މިނިސްޓްރު ވިދާޅުވި އެވެ.

މިނިސްޓްރީން ދަނީ އުމްރާ ކުންފުނިތަކުގެ ތެރެއިން މައްސަލަ ދިމާވާ ކުންފުނިތަކަށް ފިޔަވަޅު ވެސް އަޅަމުންނެވެ. އޮޅުވާލައިގެން މީހުން އަތުން ފައިސާ ނަގައި، އުމްރާއަށް ނުގެންދާ މައްސަލަތަކުގައި ބައެއް ކުންފުނިތައް ޖޫރިމަނާކޮށް އަދި ހުއްދަ ވެސް ބާތިލުކޮށްފައިވެ އެވެ.

މިދިޔަ ދެ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް 71 ކުންފުންޏަކަށް މިނިސްޓްރީން ވަނީ ހުއްދަ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.