އިޒްރޭލާއި ހަމާސްއިން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ

ހަމަލާތައް ހުއްޓާލުމާއެކު ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި މިކަން ތަންޒީފު ކުރަން ފަށަންވެސް ވަނީ ނިންމާފަ އެވެ.

ގާޒާގެ ވީރާނާ ވެފައިވާ ސަރަހައްދެއް : އިޒްރޭލުން ދަނީ ލާއިންސާނީ ގިނަ އަމަލުތަކެއް ހިންގަމުން -- ފޮޓޯ : ދާވޫދު އަބޯ އަލްކާސް/ އަނަޑޯ އެޖެންސީ

މެދުވެރިއެއް ބައިވެރިވެގެން ހަމާސް އާއި އިޒްރޭލާ ދެމެދު މިފަހަރު ވެވުނު އާ އެއްބަސްވުމާއެކު ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ އެވެ. 

ހަމާސް އާއި އިޒްރޭލުން އިޒްރޭލުން ހަނގުރާމަ ހުއްޓާލިކަން އިއުލާނު ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. ހަމަލާތައް ހުއްޓާލުމާއެކު ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި މިކަން ތަންޒީފު ކުރަން ފަށަންވެސް ވަނީ ނިންމާފަ އެވެ. 

ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއަށް އިޒްރޭލާއި ހަމާސް އިން އެއްބަސްވެފައިވާއިރު މި އެއްބަސްވުމަކީ ދެ އަހަރަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ލިބުނު އެންމެ ބޮޑު އުންމީދެވެ. ނަމަވެސް މި އުންމީދު ބިނާވެފައިވަނީ އިޒްރޭލުން އަހުދަށް ކަމޭހިތާ ވަރަކުންނެވެ.  މ އެއްބަސްވުމުގެ މި ފުރަތަމަ މަރުޙަލާގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ރަހީނުން މިނިވަން ކުރުން ހިމެނެ އެވެ. މިހާރުވެސް 20 މީހަކު ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ކަމަށްވޗެ އެވެ. މީގެ އިތުރުބް އިޒްރޭލުގެ ސިފައިން ގާޒާއިން ފޭބުންވެސް ހިމެނެ އެވެ. އަދި އެހީ އާއި ކާނާ ބާވަތްތައް ޣައްޒާ އަށް ވަނުމުގެ ފުރުސަތު ދިނުންވެސް ހިމެނެ އެވެ. 

މި އެއްބަސްވުމުގައިވާ ގޮތުން  ފަލަސްތީނުގެ 250 މީހުންނާއި އިތުރު 1،700 މީހުން އަދި ޣައްޒާގެ ހަމަލާތައް ފެށި ފަހުން ހައްޔަރުކުރި އެންމެން ދޫކޮށްލަން ޖެެހެ އެވެ. 

ޣައްޒާ އަށް 7، އޮކްޓޫބަރު 2023 ގެ ފަހުން އަރައިގަތް ފަހުން އިޒްރޭލުގެ ހަމަލާދީ ލާ އިންސާނީ އެތައް ކަމެއް ހިންގާފައިވެ އެވެ. މިގޮތުން މިހާތަނަށް ފަލަސްތީނުން ޝަހީދުވީ މީހުންގެ އަދަދު 67،000 އަށްވުރެ މައްޗެވެ. އޭގެކުރިން އިޒްރޭލުގެ ނަމުގައި ދައުލަތެއް 14، މެއި 1948 ގައި ގާއިމް ކުރިފަހުން ދަނީ ފަލަސްތީނުގެ ރައްޔިތުން އަޅުވެތި ކުރަމުންނެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން މެރުން ހިމެނެ އެވެ. އަދި މިފަހަރުގެ ހަމަލާތަކުގައި  ޣައްޒާގެ ބޮޑު ބައެއް ވަނީ ހަނގުރާމައިގައި ފުނޑުފުނޑުކޮށްލާފަ އެވެ. ހާއްސަކޮށް ހޮސްޕިޓަލްތައް ހަލާކުކޮށްލާފައިވެ އެވެ. އަދި ކާނާ ވެއްދުން މަނާކޮށް ހައިހޫނުކަމުގައި ދަނީ ޖައްސަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.