ވެންޓިލޭޓަރުތަކަށް ދެއްކި ފައިސާ އާއި ޖޫރިމަނާ އާއެކު 37 މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރަށް ދެއްކުމަށް ދުބާއީ ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ސަޕްލައި ކޮށްދޭން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ވެންޓިލޭޓަރުތައް ހޯދަން ފެބްރުއަރީ 2020 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ އެ މައްސަލަ ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
އެ މައްސަލަ ދުބާއީގެ ކޯޓަށް ދިވެހި ސަރުކާރުން ހުށަހެޅީ އާބިޓްރޭޝަނުން އަމުރު ކުރުމުން ވެސް ފައިސާ ނުދެއްކުމުންނެވެ.
އެނގިފައިވާ ގޮތުގައި، ވެންޓިލޭޓަރުތަކަށް ދެއްކި ފައިސާ އާއި ޖޫރިމަނާ އާއެކު 37 މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރަށް ދެއްކުމަށް ދުބާއީ ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
ކޮވިޑްގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އަދި ކުންފުނީގެ ގާބިލުކަމަށް ވެސް ނުބަލައި އޭރުގެ ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ދިނެވެ.