ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު، ދިނަފް އަކީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީ) އިން ލައިސަންސް ލިބިގެން ހިންގާ، ދިވެހިރާއްޖޭގެ ފުރަތަމަ ކުރު މުއްދަތުގެ އިންވެސްޓްމަންޓް ވެހިކަލް އެވެ.
ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑިޕް) ގެ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑް ތައާރަފުކޮށް، އިންވެސްޓް ކުރަން ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގެ މާލީ އަދި ވިޔަފާރީގެ ދާއިރާގެ ފުންނާބުއުސް ގިނަ ފަރާތްތަކެއް ހިމެނޭ ޑިޕް ކުންފުނީގެ އިންވެސްޓްމަންޓް ނަފާ ފަންޑް (ދިނަފް) ތައާރަފުކުރީ ބާސެލޯ ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ބޭއްވި ހަފުލާއެއްގަ އެވެ.
ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު، ދިނަފް އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީ) އިން ލައިސަންސް ލިބިގެން ހިންގާ، ރާއްޖޭގެ ފުރަތަމަ ކުރު މުއްދަތުގެ އިންވެސްޓްމަންޓް ވެހިކަލް އެވެ. މިއީ ކަލެކްޓިވް އިންވެސްޓްމަންޓް ސްކީމް ގެ ދަށުން ހިންގާ އޯޕަން-އެންޑެޑް ޕްރައިވެޓް ފަންޑެކެވެ.
މި ފަންޑުން ވަނީ އިންވެސްޓަރުންނަށް 15 މިލިއަންގެ ޑެޓް އިންސްޓްރޫމަންޓްސް ޕްރައިވެޓް ޕްލޭސްމަންޓްގެ ދަށުން ނެރެން ނެރެން ނިންމާފަ އެވެ.
ޑިޕް އަކީ ފަންޑުގެ މެނޭޖަރުގެ ގޮތުގައި ރަސްމީކޮށް ހަމަޖައްސާފައިވާ ފަރާތެވެ. މި ކުންފުނީގެ ބޯޑާއި ސީނިއަ މެނޭޖްމަންޓް ޓީމަކީ ފައިނޭންސް އަދި ބޭންކިން އާއި އިންޝުއަރަންސް އަދި ރާއްޖޭގެ މުހިންމު އެހެނިހެން ދާއިރާތަކުގައި ފުޅާ ތަޖުރިބާ ހުރި ބަޔެކެވެ. މި ކުންފުނީގެ ޗެއާމަންއަކީ އެލައިޑުގެ ކުރީގެ އެމްޑީ އަހުމަދު އަމީލް އެވެ. އަދި އެމްޑީއަކީ ކުރީގެ ގަަވަރުނަރު އަހުމަދު ނަސީރު އެވެ. މީގެ އިތުރުން ތިއްބެވި ބޭފުޅުންގެ ތެރޭގައި އެލައިޑުގެ ކުރީގެ އެމްޑީ އަހުމަދު އަމީލް އާއި އިސްލާމިކް ފައިނޭންސް އާއި ޓޫރިޒަމް އަދި މީޑިއާ ދާއިރާގެ ތަޖުރިބާކާރު ޑރ. ހުސެއިން ސަނީ އުމަރު ހިމެނިވަޑައިގަނެ އެވެ.