މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނިއިރު، އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަުމަދު އަޒުހާދު މަސްތުވާތަކެއްޗާއެކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނެފައި ވަނީ ހުޅުމާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެޕާޓްމެންޓެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ފެނުމާ ގުޅިގެން ދެ މީހަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނިއިރު، އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް ފައެނާއާއި އޭނާގެ ފިރިމީހާ ހައްޔަރު ކޮށްގެން ގެންދާ މަންޒަރު ފެންނަ ފޮޓޯތައް ބައެއް މީޑިއާތަކުން ވަނީ ހާމަކޮށްފަ އެވެ.