ބޮޑު ދަރަނިން 24.6 މިލިއަން ޑޮލަރު ދައްކައި، އިންވެސްޓަރުންނަށް ޔަގީންކަން ދީފި

މިއީ ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ބޭރުގެ މާކެޓަކުން ނެގި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުކެވެ. މި ސްކޫކް ނަގާފައިވަނީ % 9.875 ގަ އެވެ. އަހަރު ދެ ފަހަރު މި ސްކޫކަށް ފައިސާ ދައްކަން ޖެހެ އެވެ. މިއީ މި އަހަރުގެ ފަހު ޕޭމަންޓެވެ.

އޭޝިޔާ އިނީޝިއޭޓިވް މީޓިންގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަ ދައްކަވަނީ -- ފިނޭންސް

ރާއްޖޭން އަންނަ އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނީގައި ހިމެނޭ ކޫޕަން ޕޭމަންޓުގެ ގޮތުގައި މި މަހު ދައްކަން ޖެހޭ 24.6 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ދައްކާ އިންވެސްޓަރުންނަށް ޔަގީންކަން ދީފި އެވެ. 

މިއީ ކޮން ދަރަންޏެއް ؟ - މިއީ  ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ބޭރުގެ މާކެޓަކުން ނެގި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުކެވެ. މ ސްކޫކްގެ ކޫޕަން ޕޭމަންޓް ނުވަތަ އިންޓްރެސްޓުގެ ގޮތުގައި ކޮންމެ އަހަރެއްގެ އެޕްރީލް އަދި އޮކްޓޫބަރު މަހު ބޭރަށް ފައިސާ ދައްކަން ޖެހެ އެވެ. 

މި ސްކޫކް ނަގާފައިވަނީ 9.875 ޕަސެންޓްގެ ރޭޓުގަ އެވެ. މި ސްކޫކްގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ކޮންމެ އަހަރަކު 50 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެއީ "ސެމީ-އެނުއަލް" ކޮންމެ އަހަރެއްގެ އެޕްރީލް އަދި އޯގަސްޓް މަހު ކޮންމެ މަހަކު 25 މިލިއަން ޑޮލަރެވެ. މި އަހަރު ސަރުކާރުން ވަނީ އެޕްރީލް މަހު 25 މިލިއަން ޑޮލަރު ދައްކާފަ އެވެ. މި ސްކޫކްގެ މުއްދަތު ހަމަވާނީ އަންނަ 2026 ވަނަ އަހަރު އެވެ. 

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

"މި ހިނގާ އޮކްޓޯބަރު މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ޒިންމާދާރު ގޮތެއްގައި ދަރަނި މެނޭޖްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަލުން ހާމަކޮށް، އަންނަ އަހަރު ސުކޫކުގެ އެންމެ ފަހުގެ އެސެޓްލްމަންޓަށް ތައްޔާރުވަމުންދާއިރު، މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ގާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.

ސުކޫކުގެ ކޫޕަން ޕޭމަންޓްތައް ހަމަޖެހިފައިވާ މުއްދަތުގައި ދެއްކުމަކީ ބޭރުގެ އިންވެސްޓަރުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ ކުރިމަތީގައި ރާއްޖޭފެ މާލީ އިތުބާރު ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ސަރުކާރުން ދަނީ އަންނަ އަހަރު މި ސުކޫކުގެ މުއްދަތު ހަމަވުމުން، 500 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހެ އެވެ. މި ބޮޑު އަދަދު ދެއްކުމަށްޓަކައި ސަރުކާރުން މިހާރު ވެސް ދަނީ ފައިސާ ހޯދުމުގެ ރިފައިނޭންސިންގެ މަސައްކަތްތަކުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ދަރަނި އޮތް ޗައިނާ އާއި އިންޑިއާއިން ދަރަނީގެ ލުއިތައް ހޯދަން މަސައްކަތް ކުރަމުންނެވެ. މިގޮތުން ޗައިނާއިން ވަނީ ރަސްމީކޮށް ލުއިތައް ދޭން ނިންމިކަން އިއުލާނުވެސް ކޮށްފަ އެވެ. 

ފިނޭންސް މިނިސްޓްރީން ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ހުރީ 148.9 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 124 ޕަސެންޓެވެ. މީގެތެރޭގައި ހިމެނޭ ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނީގެ އަދަދަކީ 21.1 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނި އުޅެނީ 85.8 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނީގެ ނިސްބަތަކީ 42 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓުގައިވާ ގޮތުން މި އަހަރު ދަރަނި އަދާކުރަން 9.42 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.