ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ގާއިމް ކުރަން ސަރުކާރުން ނިންމައި، އެކަމަށް ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި މަހިބަދޫ ހިމެނެ އެވެ.

އދ. މަހިބަދޫ އިހުތިސާސްގައި އޮންނަ މާފަރު ފަޅު، އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް، ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ވަނީ މާފަރު ފަޅަށް ޒިޔާރަތް ކުރައްވައި، ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެވެ.
ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ގާއިމް ކުރަން ސަރުކާރުން ނިންމައި، އެކަމަށް ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި މަހިބަދޫ ހިމެނެ އެވެ.