މި މައްސަލާގައި އަނިޔާ ލިބުނު ކުދިންގެ ތެރޭގައި، 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެކްސްޕްލޮއިޓޭޝަންގެ ތުހުމަތުގައި ދިވެހި ހަތަރު ފިރިހެނަކު ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި މާލެއިން ކަމަށެވެ.
ހައްޔަރުކުރީ މ. އެތުނާ، މާލެ، އަލީ އަޝްރަފު، 35، ޕެރިސް، ގދ. ވާދޫ، ލުހާން ސައީދު، 41، ސިލްވާ ސްޓާ، ވ. ރަކީދޫ، ނާފިއު ރަޝީދު، 39، އަދި ހ. ފިނިކުރި، މާލެ، އިބްރާހިމް ޝިނާން އަހުމަދު، 33، އެވެ.
އޭގެ ތެރޭގައި ހިމެނޭ ނާފިއު (ނާއްޕެ)އަކީ މަޝްހޫރު ޕްރެޒެންޓަރު އަދި ކުޅިވަރު ހޯސްޓެކެވެ.
ފުލުހުން ބުނީ، މި މީހުން ހައްޔަރުކުރީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ހެންވޭރުގައި ހުރި ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހު އެވެ.
އެ ތަނުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ޕެކެޓެއް ފެނިފައިވާއިރު، ހައްޔަރުކުރި ހަތަރު މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި އަނިޔާ ލިބުނު ކުދިންގެ ތެރޭގައި، 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ އިތުރު ތިން ދުވަސް ދީފަ އެވެ.