ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 1,487 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އަދި މި މުއްދަތުގައި ޓޫރިސްޓުން ރާއްޖޭގައި 9,032 މިލިއަން ރޭ ހޭދަކޮށްފައިވާ ކަމަށް ދައްކަ އެވެ.
މި އަހަރުގެ މިހާތަނަށް ޓޫރިޒަމަށް ލިބުނު އާމްދަނީ ތިން ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 46 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް އަންދާޒާ ކުރެވިއްޖެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 1,487 މިލިއަން ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އަދި މި މުއްދަތުގައި ޓޫރިސްޓުން ރާއްޖޭގައި 9,032 މިލިއަން ރޭ ހޭދަކޮށްފައިވާ ކަމަށް ދައްކަ އެވެ. މިއީ ޓޫރިޒަމްގެ އެވްރެޖު ރޫޓް ރޭޓް ކަމަށްވާ 300 ޑޮލަރުން ބަލާނަލަ މުޅި ޓޫރިޒަމަށް ތިން ބިލިއަން ޑޮލަރުގެ އާމްދަނީ އެވެ.
ރާއްޖޭގައި ލަގްޒަރީ ރިސޯޓްތަކާއި އަލްޓްރާ ލަގްޒަރީ ރިސޯޓް އަދި މިޑުލް ރޭންޖް ރިސޯޓްތަކާއި ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައސް ޕްރޮޕަޓީތައް ހުރެ އެވެ.
ރާއްޖޭގައި ޖުމްލަ 175 ރިސޯޓެއް މި ވަގުތު އޮޕަރޭޝަންގައި ހުރިއިރު ލަގްޒަރީ ރިސޯޓްތަައް ވިއްކަނީ 1،500 އާއި 800 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި މެދުފަންތީގެ ރިސޯޓްތަކުގެ ކޮޓަރިތައް ވިއްކަނީ 600 އާއި 200 ޑޮލަރާ ދެމެދުގަ އެވެ. އަދި މީގެތެރޭގައި ހިމެނޭ އަލްޓްރާ-ލަގްޒަރީ ރިސޯޓްތަކުގެ އަގު 6،000 ޑޮލަރަށްވުރެ މަތީގަ އެވެ.
މި ކެޓަގަރީގެ 20 ރިސޯޓް ރާއްޖޭގައި ހިންގަ އެވެ. މިފަދަ ރިސޯޓްތަކުގައި ހިދުމަތް ދެނީ އެންމެ މަތީ ފެންވަރުގެ ހާއްސަ- ޕާސަނަލް ހިދުމަތްތަކެވެ. މި ތަންތަނުގެ ރޫމް ރޭޓްތައް ޢާންމުކޮށް މިލިއަނުން މަތީގެ އަގުތަކުގަ ހުރެ އެވެ.
ރާއްޖޭގެ އެންމެ ބަޖެޓް ކޮޓަރިތައް ވިއްކާ 900 އެއްހާ ގެސްޓްހައުސް ހުރެ އެވެ. މި ތަންތަނުގެ އަގުތައް ހުންނަނީ 150 އާއި 50 ޑޮލަރުގެ އަގުތަކެއްގަ އެވެ.
ޓޫރިޒަމް ރޫމް ރޭޓް ނުވަތަ ޓޫރިސްޓުން ރާއްޖޭގައި މަޑުކުރާ މުއްދަތު ވަނީ މަޑުކަމެއް އައިސްފަ އެވެ. މި އަހަރު ޓޫރިޒަމްގެ އެވްރެޖު ރޫމް ރޭޓް 6.9 ދުވަހުގައި ހުރިނަމަވެސް މިދިޔަ އަހަރު ހުރީ 7.7 ދުވަހުގަ އެވެ.