ބޭހާއި ހިދުމަތްތައް ހޯދަން ފަސޭހަކުރަން، ސިއްހީ މަރުކަޒުތައް ސަރުކާރުގެ އިދާރާތަކާ ސީދާ ގުޅުވާލަނީ

ރައީސް ވަނީ، މި އިންތިޒާމު ހަމަޖެހުމާއެކު، މަސައްކަތުގެ މާހައުލުގެ ފަށަލަތަކެއް އުނިވެ، މަސައްކަތުގެ ކުރުންތެރިކަން އިތުރުވެ، އެތައް ގޮތަކުން ކުރިއެރުން ލިބޭނޭކަން ފާހަގަކުރައްވާފަ

ރައީސް މުއިއްޒު ރޭ އދ. މާމިގިލީގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރުން ފެށިގެން، ރާއްޖޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން، ވަކި މުއައްސަސާތަކެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ، ސީދާ ގޮތުން މުއާމަލާތުކުރެވޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ އެ އަތޮޅުގެ މާމިގިލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މި އިންތިޒާމު ހަމަޖެހުމާއެކު، މަސައްކަތުގެ މާހައުލުގެ ފަށަލަތަކެއް އުނިވެ، މަސައްކަތުގެ ކުރުންތެރިކަން އިތުރުވެ، އެތައް ގޮތަކުން ކުރިއެރުން ލިބޭނޭކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުއާމަލާތު ކުރެވޭނޭ އިންތިޒާމު ހަމަޖެހުމާއެކު، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭޖެހުން ނިމުމަކަށް ގެނެވޭނޭ ކަމަށެވެ. 

އަދި ބޭސް ހޯދުމާއި، ވަޒީފާތަކަށް ހުއްދަ ދިނުމާއި، އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސް ލުއިފަސޭހަވެގެންދާނޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި، ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ހިމެނޭކަން ފާހަގަކުރައްވައި، މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެކަމުގައި ރައީސް ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ރައީސް ވަނީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރުދިއުމަށް ހާއްސަ ރަށެއް ކަނޑައެޅިގެންދާނޭ ކަން އިއުލާނުކުރައްވައިފަ އެވެ.

އެ ރަށް ވެގެންދާނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހަމަޖެހޭ ވަކި އުސޫލެއްގެ މަތިން، ފަތުރުވެރިކަމުގެ ބޭނުމަށާއި، އާންމު ރައްޔިތުންގެ ބޭނުންތަކަށްވެސް ގޮސް އުޅެވޭނޭ ރަށަކަށެވެ. އަދި މިކަމަށް ބޭނުންވާ ކަރުދާހެއް ތައްޔާރުކުރައްވައި، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތްތައް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.