ސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން ހިންގި ކްލީނިން ހަރަކާތުގައި 2,122.7 ކިލޯގެ ކުނި ނެގި އެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން ހިންގި ކްލީނިން ހަރަކާތުގައި 2,122.7 ކިލޯގެ ކުނި ނެގި އެވެ.
އެޗްޑީސީ އިން އިސް ނަގައިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމަށް އެ ދުވަހުގެ ހެނދުނު އެޗްޑީސީން ކުރިއަށްގެންދާ "ކޯސްޓަލް ކްލީނަޕް" ހަރަކާތުގައި ސަރުކާރުގެ ގިނަ ވުޒާރާތަކާއި ގިނަ އަދަދެއްގެ ކުންފުނިތަކުން ބައިވެވި އެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިދަފަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.