ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި، އޮމަދޫގެ ބައެއްގެ ގޮތުގައި ހިމަނުއްވާފައި ވަނީ ކުޑަދޫފަޅާއި އެ އަތޮޅުގެ ކޯޑު ނަންބަރު RF1330 ފަޅާއި ކޯޑު ނަންބަރު RF1329 ފަޅެވެ.

ރައީސް އޮފީހުން ބުނީ މިއާއެކު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ނެރެފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް އިސްލާހު ގެނެސް، އެކަން ހިމަނާފައިވާނެ ކަމަށެވެ.
އޮމަދޫގެ އިހުތިސޯސުގައި ރައީސް ތިން ފަޅެއް ހިމެނުއްވިއިރު، އެމަނިކުފާނު ވަނީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިއަދު ދަތުރުފައްޓަވާފަ އެވެ. އޭގެ ތެރޭގައި އޮމަދޫ ވެސް ހިމެނެ އެވެ.