މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ 21.7 ޕަސެންޓް ގެސްޓްހައުސްތަކަށް

މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ގެސްޓްހައުސްތަކުގެ އެނދުތައް ފުރޭ މިންވަރު ނުވަތަ އޮކިއުޕެންސީ ރޭޓް ވަނީ 43.1 ޕަސެންޓްގަ އެވެ.

ގެސްޓްހައުސް އެންމެ ގިނަ މާފުށީ -- މިރާ

މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ 21.7 ޕަސެންޓް އަންނަނީ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހިސާބުތަކުން ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން ގެސްޓްހައުސްތަކުގައި މިއަހަރުގެ މިހާތަނަށް 360,810 ޓޫރިސްޓުން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި މި ދާއިރާއިން ރާއްޖޭގެ ޓޫރިޒަމަށް 21.7 ޕަސެންޓުގެ ހިއްސާއެއްކޮށްފައިވެ އެވެ.  

މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ގެސްޓްހައުސްތަކުގެ އެނދުތައް ފުރޭ މިންވަރު ނުވަތަ އޮކިއުޕެންސީ ރޭޓް ވަނީ 43.1 ޕަސެންޓްގަ އެވެ. މި ވަގުތު ރާއްޖޭގެ 10 އަތޮޅުގެ 111 ރަށުގައި 15,798 އެނދު ހުރިކަމަށް ދައްކަ އެވެ. 

ޓޫރިޒަމް މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު ޖުމްލަ 925 ގެސްޓްހައުސް ހިންގަ އެވެ. އަދި ރާއްޖޭގައި ޖުމްލަ 15,798 އެނދު ހުރި ކަމަށް ދައްކަ އެވެ. 

ގެސްޓްހައުސް ޓޫރިޒަމަކީ ރާއްޖޭގެ ރަށްފުށުގެ ރަށްރަށުގެ އިގްތިސޯދަށް އެންމެ ބޮޑު މަންފާއެއް ކުރާ އެއް ސިނާޢަތެވެ. މީގެ ސަބަބުން ރަށު ފެންވަރުގައި ވަޒީފާގެ ފުރުޞަތުތައް އުފެދި، އާމްދަނީ އިތުރުވެ، ރަށު ތެރޭގެ ވިޔަފާރިތަކަށް ފައިދާ ކުރެއެވެ. އަދި ގެސްޓްހައުސްތަކުގެ ސަބަބުން ޒުވާނުންނާއި އަންހެނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެ ސީދާ ޓޫރިޒަމްގެ ހިދުމަތްތަކުންނާއި ޖެހިގެން ހުންނަ ވިޔަފާރިތައް (ޑައިވިން ވޯޓާ ސްޕޯޓްސް، ރެސްޓޯރެންޓް) މެދުވެރިކޮށް އާމްދަނީ ލިބޭނެ މަގު ފަހިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.