އެމްއެމްއޭގެ މަޖައްލާއަށް ލިއުމެއް ހުށަހަޅައިފިންތަ؟

މަޖައްލާގެ ފުރަތަމަ އަދަދުގެ ތީމްއަކީ ޑިޖިޓަލް ލައިފްލައިންސް ފިންޓެކް ފޮ އައިލެންޑް އިކޮނޮމީސް" އެވެ. މި

ރާއްޖޭގެ އިގްތިސޯދާއި މާލީ ދާއިރާއަށް ހާއްސަކޮށްގެން އެމްއެމްއޭ އިން ނެރުމަށް ތައްޔާރުވަމުންދާ "އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން" އާޓިކަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އާޓިކަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ ނުވަ ވަނަ ދުވަހެވެ. 

އެމްއެމްއޭގެ މަޖައްލާއަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި އެކަޑެމިކުންނާއި އިގްތިސޯދީ އަދި މާލީ މާހިރުންނަށް އެމީހުންގެ ހިޔާލުތަކާއި އާ ވިސްނުންތައް ހިއްސާކޮށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް މަޝްވަރާކުރުމުގެ ވަސީލަތެއް ފޯރުކޮށްދޭނެ މަންސައެކެވެ.

މަޖައްލާގެ ފުރަތަމަ އަދަދުގެ ތީމްއަކީ "ޑިޖިޓަލް ލައިފްލައިންސް ފިންޓެކް ފޮ އައިލެންޑް އިކޮނޮމީސް" އެވެ. މި ތީމްގެ ދަށުން މަޖައްލާގައި ހިމެނުމަށް ހަމަޖެހިފައި ވަނީ ރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސޯދު ވަރުގަދަކުރުމަށް ފައިނޭންޝަލް ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކުގެ އެހީގައި ލިބިފައިވާ އަދި ލިބޭނެކަމަށް ބެލެވޭ ކުރިއެރުންތަކާއި ގުޅޭ އާޓިކަލްތަކެވެ.

އެމްއެމްއޭގެ މަޖައްލާއަށް އާޓިކަލް ހުށަހެޅުމަށް ދިރާސާކުރާ ފަރާތްތަކާއި އިގްތިސޯދީ މާހިރުން އަދި އިގްތިސޯދީ ލިޔުންތައް އުފެއްދުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ. 

ހުށަހަޅާ ލިޔުންތަކުގައި ޑިޖިޓަލް ޕޭމަންޓްތަކުގެ ކުރިއެރުން، މާލީ ހިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު، މާލީ ދާއިރާ ހަރުދަނާކުރުމަށް ޑިޖިޓަލް ޙައްލުތައް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ނޫ އިގްތިސޯދަށް ފިންޓެކްގެ ބޭނުންހިފުން، އަދި ސްމާޓް އައިލެންޑް އިކޯސިސްޓަމްތައް ބިނާކުރުން ފަދަ ތަފާތު ގިނަ މައުލޫތައް ހިމެނިދާނެ އެވެ.

އެމްއެމްއޭ އިން ބުނީ މި މަޖައްލާގައި އޮޕީނިއަން އާޓިކަލް، ދިރާސާ ހޯދުންތައް، ކޭސް ސްޓަޑީތައް، އިންޓަވިއުތައް އަދި ފޮތް ރިވިއުތައް ފަދަ އެކި ބާވަތުގެ ލިޔުންތައް ޝާއިއުކުރެވޭނެ ކަމަށެވެ. މަޖައްލާއަށް ހުށަހަޅާ އާޓިކަލްތައް ހުންނަންވާނީ އިނގިރޭސި ބަހުންނެވެ. އަދި އާޓިކަލްތައް ހުށަހަޅަންވާނީ 500 އާއި 2,000 ބަހުގެ ދެމެދުގެ ދިގުމިނުގައި މައިކްރޯސޮފްޓް ވާޑް ފޯމެޓުގަ އެވެ.

ހޮވޭ މަޒުމޫނުތައް ޝާއިއުކުރުމުގެ އިތުރުން އެ މަޒުމޫނުތައް ލިޔުނު ފަރާތްކަށް ފައިސާގެ އަދަދެއްވެސް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ހޮވޭ މަޒުމޫނުތަކުގެ ލިޔުންތެރިންނަށް މިމަހުގެ 26 ގެ ކުރިން އެކަން އަންގާނެއެވެ.

އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން އަށް އާޓިކަލް ފޮނުވާނީ magazine@mma.gov.mv އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.