ފުވައްމުލަކު އެއާޕޯޓް ފެންސް މަތިން އަރަން އުޅެނިކޮށް ހުއްޓުވި ސެކިއުރިޓީއަށް ހަމަލާދިން މައްސަލައެއް

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުވައްމުލަކު އެއާޕޯޓު --

ފުވައްމުލަކު ސިޓީ އެއާޕޯޓްގެ ފެންސް މަތިން އަރަން އުޅެނިކޮށް އެމީހުން ހުއްޓުވި ސެކިއުރިޓީ މުވައްޒަފަށް ހަމަލާދިން މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެއާޕޯޓްގެ ފެންސް މަތިން އަރަނިކޮށް އެމީހުން ހުއްޓުވި ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިހު 4:05 އެހާކަށްހާއިރު ކަމަށެވެ.

މި މައްސަލައިގައި އެ ސިޓީއަށް ނިސްބަތްވާ ތިން މީހަކު މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ހޯދަޑު، ގުލުކޯޒުގެ، ހަސަން ހުމާމް މުހައްމަދު 28، އާއި ހޯދަޑު، ޒަމްހަރީރުގެ، އިބްރާހިމް ސިމާން އަހުމަދު 28، އާއި ފުނާޑު، ސުހާނާގެ، ބައްސާމް ސައީދު 29، އެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފެންސް މަތިން އަރަން އުޅުނީ ފުވައްމުލަކުގައި ހަރަކާތްތެރިވާ ކުށްކުރާ ގުރޫޕެއްގެ ބައެކެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.